Ads by Stelco

ޚަބަރު

އެސްޑީއެފްސީ ފެސިލިޓީތަކަށް ބީއެމްއެލް މޯބައިލް އެޕް މެދުވެރިކޮށް މިހާރު ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި

އެސްޑީއެފްސީ ފެސިލިޓީތަކަށް ބީއެމްއެލް މޯބައިލް އެޕް މެދުވެރިކޮށް މިހާރު ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި

އެސްޑީއެފްސީގެ އޮފީސް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ނޮވެމްބަރު 2025، 12:55

06 ނޮވެމްބަރު 2025، 12:55

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ ފެސިލިޓީތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މި އިންޓަގްރޭޝަންގެ ސަބަބުން އެސްޑީއެފްސީގެ ކަސްޓަމަރުންނަށް ފައިސާ ދެއްކުމާއި ފެސިލިޓީގެ މައުލޫމާތު ބެލުން ވަރަށް ބޮޑަށް ފަސޭހަވެގެންދާނެއެވެ.

އެސްޑީއެފްސީއިން ވިދާޅުވީ މަރުޙަލާތަކަކަށް ބަހާލައިގެން ފެށި މި މަސައްކަތުގެ ދަށުން، ކަސްޓަމަރުންނަށް ބީއެމްއެލް އެޕްގައި ހިމެނޭ ބިލްޕޭ ފީޗަރ ބޭނުންކޮށްގެން ފައިސާ ދެއްކުމުގެ ޚިދުމަތް މިހާރު ތަޢާރަފުކުރެވިފައިވާ ކަމަށެވެ. މި ހިދުމަތުގެ ސަބަބުން ވިޔަފާރިތަކަށް ފަސޭހަ އަދި ރައްކާތެރިގޮތެއްގައި މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ތަނަވަސްވެގެންދާނެކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއްވިއެވެ.

މި އިންޓަގްރޭޝަންއާއި ގުޅޭގޮތުން އެސްޑީއެފްސީގެ ސީއީއޯ، ބަދުރުއްދީން ޙަސަން ވިދާޅުވީ މިއީ އެސްއެމްއީތަކަށް ފޯރުކޮށްދެވޭ އެންމެހައި ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން