ޚަބަރު
ޚިދުމަތް ރަނގަޅުކުރުމަށް ކ.ގުރައިދުއަށް 1000 ކިލޯވޮޓްގެ ޖެންސެޓެއް ގެންގޮސްފި
ގުރައިދޫއަށް ގެންދެވުނު ޖެން ސެޓް
ކ. ގުރައިދޫގެ ކަރަންޓު ޚިދުމަތް އިތުރަށް ފުރިހަމަކުރުމަށްޓަކައި، 1000 ކިލޯވޮޓްގެ އިތުރު ޖެނެރޭޓަރެއް މިއަދު އެ ރަށަށް ގެންގޮސްފައިވާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
މި ޖެންސެޓް ގެންގޮސްފައިވަނީ، ރަށަށް އަންނަމުންދާ ތަރައްޤީއާއި، ލޯކަލް ޓޫރިޒަމްގެ ދާއިރާއިން އިތުރުވަމުންދާ ޑިމާންޑަށް ބަލާފައެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، އުމްރާނީ ގޮތުންނާއި، ލޯކަލް ޓުއަރިޒަމްގެ ދާއިރާއިން ކ. ގުރައިދޫއަށް އަންނަމުންދާ ތަރައްޤީއާއި ގުޅިގެން، ކަރަންޓުގެ ޚިދުމަތަށް އިތުރުވަމުންދާ ޑިމާންޑް ދެނެގަނެ، ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަންގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި މި ޖެންސެޓް ވަނީ ގެންގޮސްފައެވެ.
އުމްރާނީ ގޮތުންނާއި، ލޯކަލް ޓުއަރިޒަމްގެ ދާއިރާއިން ކ. ގުރައިދޫއަށް އަންނަމުންދާ ތަރައްޤީއާއި ގުޅިގެން، ކަރަންޓުގެ ޚިދުމަތަށް އިތުރުވަމުންދާ ޑިމާންޑް ދެނެގަނެ، ރަށުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް ފެންވަރު ރަންގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި 1000 ކިލޯވޮޓްގެ އިތުރު… pic.twitter.com/SPfMHSpvuj
— STELCO (@STELCOMALDIVES) November 5, 2025
މި ޖަނަރޭޓަރު އިންސްޓޯލްކުރެވި، ކޮމިޝަން ކުރެވުމާއިއެކު ކ. ގުރައިދޫގެ ކަރަންޓު ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. މިކަމުގެ ސަބަބުން ރަށުގެ ކަރަންޓު ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.