Ads by Stelco

ޚަބަރު

ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފި

މާލެއަށް ވާރޭ ވެހުނު ދުވަހެއްގެ މަންޒަރެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

10 އޮކްޓޯބަރު 2025، 11:48

10 އޮކްޓޯބަރު 2025، 11:48

ކުރިއަށް އޮތް ތިން ދުވަހު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ. 

މޫސުމާބެހޭ ޤައުމީ އިދާރާއިން މިއަދު ނެރުއްވި ހުދު ސަމާލުގައި ބުނެފައިވަނީ، ބ އަތޮޅުން ފެށިގެން ލ އަތޮޅާ ހަމައަށް މިއަދު ހެނދުނު 8:30 އިން މެންދުރު 13:30 އާ ހަމައަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.

އިދާރާއިން އިތުރަށް ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ ގުގުރާނެ ކަމަށާއި، ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި މޫސުމުގައި މުޅި ރާއްޖޭގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް ގަދަވެ، ރާޅުގެ އުސްމިން 4-6 ފޫޓުގައި ހުންނާނެ ކަމަށް އެ އިދާރާއިން ލަފާކުރައްވައެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި، ކުރިއަށް އޮތް ތިން ދުވަހުވެސް މި މޫސުން ދެމިގެންދާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ގަދަ ވަޔާއި ބޯ ވާރޭއާ ގުޅިގެން ކުރިމަތިވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން