ވިޔަފާރި / ޚަބަރު

ދިވެހިރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓް ކުރެވޭނޭ ދާއިރާތައް ކަނޑައެޅުއްވުމުންް މަސީގެ ޝުކުރު ސަރުކާރަށް

ދިވެހިރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓް ކުރެވޭނޭ ދާއިރާތައް ކަނޑައެޅުއްވުމުންް މަސީގެ ޝުކުރު ސަރުކާރަށް

މަސީގެ އަހަރީ ޖަލްސާއެއް ކުރިއަށްދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 އޮކްޓޯބަރު 2025، 05:16

09 އޮކްޓޯބަރު 2025، 05:16

ހުލާސާ


ދިވެހިރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓް ކުރެވޭނޭ ދާއިރާތަކާއި, ވަކި ޝަރުޠުތަކާއެކު އިންވެސްޓްކުރެވޭނޭ ދާއިރާ ދާއިރާތައް ޤާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކާއެއްގޮތަށް ކަނޑައަޅައި އިޞްލާޙުކޮށް ގެޒެޓްކުރުމާއެކު ދިވެހި ކޮންޓްރެކްޓަރުންނަށާއި، މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވަކިވަރެއްގެ މަސައްކަތްތައް ޚާއްޞަ ކޮށްފައިވާތީ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަށް އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރަކްޝަން އިންޑަސްޓްރީ އިން ސަރުކާރަށް ޝުކުރު އަދާކުރައްވައިފިއެވެ. 

މަސީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް އިންވެސްޓް ކުރެވޭނޭ ދާއިރާތަކާއި, ވަކި ޝަރުޠުތަކާއެކު އިންވެސްޓްކުރެވޭނޭ ދާއިރާ ދާއިރާތައް ޤާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކާއެއްގޮތަށް ކަނޑައަޅައި އިޞްލާޙުކޮށް ގެޒެޓްކުރުމާއެކު ދިވެހި ކޮންޓްރެކްޓަރުންނަށާއި، މިދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ވަކިވަރެއްގެ މަސައްކަތްތައް ޚާއްޞަ ކޮށްފައިވާތީ މިކަން ފާހަގަކޮށް އިޚްލާޞްތެރިކަމާއެކު ސަރުކާރަށް ޝުކުރު ދަންނަވާ ކަމަށެވެ.

މަސީއިން އިތުރަށް ބުނެފައިވަނީ މި ކަމާބެހޭ ގޮތުން ކުރެވުނު މަސައްކަތްތަކުގައި މި އެސޯސިއޭޝަނުގެ ފަރާތުން ސަރުކާރަށް ހުށަހެޅި ހުށަހެޅުންތަކާއި، ހިންގާކޮމިޓީގެ ލޮޖިސްޓިކް އެންޑް ޓްރާންސްޕޯޓް ކޮމިޓީން ކުރި މަސައްކަތްތަކާއި، މި އެސޯސިއޭޝަނުގެ ފަރާތުން ބިރިނަސް ކައުންސިލުގައި ކޮށްފައިވާ މަސައްކަތްތައް ވެސް މި ފުރުޞަތުގައި ފާހަގަކުރުމާއެކު، ޤަވާޢިދަށް ބަދަލު ގެނައުމާބެހޭ ގޮތުން ކޮށްފައިވާ މަސައްކަތްތަކުގައި ބިރިނަސް ކައުންސިލުންނާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑުން ދެއްވި އެއްބާރުލެއްވުން ފާހަގަކުރާ ކަމަށެވެ.

“މި ބަދަލާއެކު ދިވެހިނަށް ތަނަވަސް ކޮށްދެއްވި ފުރުޞަތްތަކުގެ ބޭނުން ހިފައި، ދިވެހި ކުންފުނިތަކަށް ޚާއްޞަކޮށްފައިވާ ދާއިރާތަކުގައި އިންވެސްޓް ކުރުމަށާއި، މަސައްކަތްތަކުގެ ޚިދުމަތްތައް ފުޅާކުރުމަށާއި، މިދާއިރާތަކުގައި މަސައްކަތްކުރަމުންދިޔަ ވިދޭސީ ކުންފުނިތަކާއި، ފަރާތްތައް މަސައްކަތް ކުރުން ހުއްޓުވުމުން ދިމާވެދާނެ ދަތިތަކަށް ސަމާލުވުމާއެކު މެދުކެނޑުމެއްނެތި އަދި ހުއްޓުމެއް އެރިޔަ ނުދެއްވައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި، ކުރިމަތިވާ ގޮންޖެހުންތަކަށް ސަމާލުވެ ކުރިމަތިލައި ހިތްވަރާއެކު މަސައްކަތް ކުރަމުން ގެންދިއުމަށާއި, ކޮންސްޓްރަކްޝަން އިންޑަސްޓްރީއަށް ޚިދުމަތް ކުރުމުގައި މި އެސޯސިއޭޝަނުގެ މެމްބަރުންނާއި، ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި މަސައްކަތް ކުރަމުންދާ އެންމެހައި ފަރާތްތަކުން ސާބިތުވެ ދެމީ ތިބުމަށް އިލްތިމާސް ކުރަން” މަސީގެ ބަޔާނުގައި ބުނެފައިވެއެވެ.

މަސީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖެ ބިނާކުރުމުގައި އެ އެސޯސިއޭޝަނުގެ މެމްބަރުންނާއި، ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ޝާމިލުވާ އެކިއެކި ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަ ކޮށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށެވެ. 

 

Ads by MSS

މި ލިޔުން ކިޔާލުމުން