ޚަބަރު
މާލޭގައި މާރާމާރީއެެއް، އެކެއްގެ ބޯ ފެޅިފައިވޭ

ދިވެހި ފުލުހުން
މާލޭގައި މާރާމާރީއެއް ހިންގައި އެކެއްގެ ބޯ ފެޅިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނެފައިވަނީ މާލެ އަސުރުމާގޯޅީގައި ދެމީހެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގެ ރިޕޯޓު އެ އިދާރާއަށް މިރޭގެ އިރުއޮއްސި 19:11 އެހާއިރު ލިބިފައިވާ ކަމަަށެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ މި މާރާމާރީ ހިންގައިފައިވަނީ ދެ ބިދޭސީއެއްގެ ކަމަށާއި، އޭގެ ތެރެއިން އެކެއްގެ ބޯފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭނާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މީގެ އިތުުރުން މިމައްސަލައާއި ގުޅިގެން މި ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.