Ads by Stelco

ޚަބަރު

ވާޖިބު އަދާ ކުރަން ހުރަސް އެޅި ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން: ފުލުހުން

ވާޖިބު އަދާ ކުރަން ހުރަސް އެޅި ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނަން: ފުލުހުން

ފުލުހުންގެ ހެޑްކުއަރޓާސް.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 އޮކްޓޯބަރު 2025، 12:47

04 އޮކްޓޯބަރު 2025، 12:47

އެމްޑީޕީގެ އެއްވުމުގެ ތެރެއިން ފުލުހުންގެ ވާޖިބު އަދާކުރަން ހުރަސްއެޅި ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. 

ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން މިރޭ މާލޭގައި ކުރިއަށްގެންދިޔަ އެއްވުމުގައި. ކުރިން ހުއްދަ ދެވިފައިވާ ރޫޓާ ޚިލާފަށް، މަޖީދީމަގުން ކުރިއަށްދާން ފެށުމާ ގުޅިގެން, އެގޮތަށް ޢަމަލު ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެ, އިންޒާރު ދިފައިވާނެކަމަށެވެ.

ނަމަވެސް އެކަމަށް އިޖާބަ ނުދީ، އެއްވުމުގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށް, އަދި ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އެހެންކަމުން, މި ޢަމަލުތައް ހިންގި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށާއި، އަދި ހަމައެއާއެކު، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްނޭޅުމަށް އެންމެހައި ފަރާތްތަކަށް ނަސޭހަތްތެރިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން