Ads by Stelco

ޚަބަރު

ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ކުރިއަށް އޮތް ފަސް ހަފްތާ ތެރޭގައި ދައްކާ ޚަލާސްކުރާނެކަމަށް ރައީސް ވިދާޅުވެއްޖެ

ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ކުރިއަށް އޮތް ފަސް ހަފްތާ ތެރޭގައި ދައްކާ ޚަލާސްކުރާނެކަމަށް ރައީސް ވިދާޅުވެއްޖެ

ރައީސް ޑރ މުޙައްމަދު މުޢިއްޒު.ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

02 އޮކްޓޯބަރު 2025، 10:00

02 އޮކްޓޯބަރު 2025، 10:00

ދިވެހި ވިޔަފާރިތަކަށް ދައްކަންޖެހި ނުދައްކާ ހުރި އެންމެހައި ފައިސާ ކުރިއަށް އޮތް ފަސް ހަފްތާގެ ތެރޭގައި ދައްކާ ނިންމާލެވޭނެ ކަމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، 17 ނޮވެމްބަރު 2023 ގައި ސަރުކާރު ހިންގުމާ ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާފައި ފައިސާ ނުދީ ހުރި އެތައްހާސް ބިލުތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ނިމިދިޔަ ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ 9 ބިލިއަން ރުފިޔާ ނުދައްކާ އޮތްއިރު، އޭގެ ތެރޭގައި ސްކޫލްތައް ތަރައްޤީކުރުމާއި މިސްކިތްތައް ހެދުމުގެ އެތައް މަޝްރޫޢުތަކެއް ހިމެނެއެވެ. މީގެ އިތުރުން މަސްވެރިންނަށް ދޭންޖެހޭ 260 މިލިއަން ރުފިޔާވެސް އޮތީ ނުދައްކާކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.

"ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިޤްތިޞާދު ނަގާ ކޮޅަށްޖެހުމުގައި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން މިއީ ޙާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބީއެއް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި ނިމިދިޔަ ސަރުކާރު ނިމުނުއިރު ދައުލަތުގެ ދަރަނި 120 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިދިޔަ 40 އަހަރު ތެރޭގައި ޗާޕުނުކުރާ މިންވަރަށް ފައިސާ ޗާޕުކުރުމުގެ ސަބަބުން ދިވެހި ފައިސާގެ އަގު ދަށްވެ، ބޭރު ފައިސާގެ އަގުވެސް އިންތިހާއަށް އުފުލިފައިވެއެވެ. އެހެންނަމަވެސް މިހާރުގެ ސަރުކާރުން ވަނީ މަސްވެރިންނަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ޚަލާސްކޮށް، ކުންފުނިތަކަށް ދޭންޖެހޭ ފައިސާވެސް ދެއްކުމުގެ މަސައްކަތް ފަށާފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން