Ads by Stelco

ޚަބަރު

ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ދިވެހި މަސްދޯންޏެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 އޮކްޓޯބަރު 2025، 03:37

01 އޮކްޓޯބަރު 2025، 03:37

މަސްވެރިކަމާއި ބެހޭ ވުޒާރާއިން މި އަހަރުގެ ކެޔޮޅުންގެ އެވޯޑާއި ހިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

 މި އެވޯޑުތައް ދިނުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރ. ދުވާފަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަފްލާގައެވެ.

މި އަހަރު އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ތިން ދާއިރާއަކުންނެވެ. އެގޮތުން، 35 އަހަރުން ދަށުގެ އެންމެ ހިދުމަތްތެރި ޒުވާން ކެޔޮޅަކަށާއި، 35 އަހަރުން މަތީގެ އެންމެ ތަޖުރިބާކާރު ކެޔޮޅަކަށް އެވޯޑު ދެވޭނެއެވެ. މީގެ އިތުރުން، އާމްދަނީ ހޯދުމަށް މައިގަނޑު ގޮތެއްގައި ފަރުމަހުގެ މަސްވެރިކަން ކުރާ ހިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑެއްވެސް ދެވޭނެއެވެ.

މި އެވޯޑުތަކަށް ކުރިމަތިލާ ފަރާތްތަކަކީ މިހާރުވެސް މަސްވެރިކަމުގައި އަމަލީގޮތުން ހަރަކާތްތެރިވާ އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ ފަރާތްތަކަށް ވާންޖެހެއެވެ.

އެވޯޑުތަކަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން އޮކްޓޯބަރު 23 ވަނަ ދުވަހުގެ 14:00 ގެ ކުރިން ފޯމު ހުށަހަޅަން ޖެހޭނެއެވެ. އެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ ފޯމުތައް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ވުޒާރާއިން މައުލޫމާތު ދެއެވެ.

އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް އޮތް ފަދައިން، އެހެން ފަރާތްތަކުން ވެސް ނަން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް ވުޒާރާއިން ފާހަގަކުރެއެވެ. ފުރިހަމަކުރާ ފޯމުތައް އީމެއިލް މެދުވެރިކޮށް ހުށަހެޅުމުގެ އިންތިޒާމު ވެސް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން