Ads by Stelco

ޚަބަރު

ދޮށީއުމުރުގެ މީހުންގެ ވިސްނުމުގެ މަގު ދެއްކުމުގެ ސަބަބުން ޢާއިލާތަކަށް ބަދަހިކަމާއި އުފާފާގަތިކަން ލިބޭ: މެޑަމް ސާޖިދާ

ދޮށީއުމުރުގެ މީހުންގެ ވިސްނުމުގެ މަގު ދެއްކުމުގެ ސަބަބުން ޢާއިލާތަކަށް ބަދަހިކަމާއި އުފާފާގަތިކަން ލިބޭ: މެޑަމް ސާޖިދާ

މެޑަމް ސާޖިދާ އިސްރަށްވެހިންތަކަކާއެކު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 އޮކްޓޯބަރު 2025، 03:28

01 އޮކްޓޯބަރު 2025، 03:28

ދޮށީއުމުރުގެ މީހުންގެ ވިސްނުމުގެ މަގު ދެއްކުމުގެ ސަބަބުން ޢާއިލާތަކަށް ބަދަހިކަމާއި އުފާފާގަތިކަން ލިބޭނެ ކަމަށް ފަސްޓް ލެޑީ މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. 

މެޑަމް ސާޖިދާ މިހެން ވިދާޅުވީ ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއެް ގައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ވިދާޅުވެފައިވަނީ ދިރިއުޅުމުގެ ހަޤީޤަތްތައް ދަސްވަނީ ގިނަ ދުވަހު ދުނިޔޭގައި އުޅެ ލިބޭ ތަޖުރިބާތަކުން ކަމަށެވެ. އަދި ދޮށީ އުމުރުގެ މާމަކާފައިން، މައިންބަފައިން، ދައްތައިން އަދި ބޭބެއިންގެ ހިތްހެޔޮ ސާދާ މިޒާޖާއި، ވިސްނުމުގެ މަގު ދެއްކުމުގެ ސަބަބުން އާއިލާތަކަށް ބަދަހިކަމާއި އުފާފާގަތިކަން ލިބޭކަމަށް ފާހަގަކުރައްވާފައިވެއެވެ.

ދޮށީ އުމުރުގެ މީހުންނަކީ މުޖުތަމައުގެ އެންމެ އަގުހުރި ޚަޒާނާއެވެ. އެ ބޭފުޅުންގެ ތަޖުރިބާއާއި ހިކުމަތްތެރި ވިސްނުންތަކަކީ ޒުވާން ޖީލުތަކަށް މަގުދައްކައިދޭ އަގުހުރި މުއްސަނދިކަމެކެވެ. އަދި މިފަދަ ބޭފުޅުންގެ އަގު ވަޒަންކޮށް، އެ ބޭފުޅުންނަށް އިޙްތިރާމްކުރުމަކީ އިސްލާމީ އަދި ދިވެހި މުޖުތަމަޢުގެ މުހިންމު ސިފައެކެވެ. 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން