Ads by Stelco

ޚަބަރު

ލ.ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ 74 އިންސައްތަ މަސައްކަތް ނިމިފައި

ލ.ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ 74 އިންސައްތަ މަސައްކަތް ނިމިފައި

ފޮނަދޫ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 އޮކްޓޯބަރު 2025، 10:31

01 އޮކްޓޯބަރު 2025، 10:31

ހުލާސާ


ލ.ފޮނަދޫގެ މަގުހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ 74 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ. 

މި މަސައްކަތަކީ 2021 ވަނަ އަހަރުގެ ޖަނަވަރީ 20 ވަނަ ދުވަހު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ހަވާލުކުރި މަސައްކަތެކެވެ. 

މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެ ތެރޭގައި މަގުތަކުގެ ސަބްބޭސް ތައްޔާރުކުރުމާއި، އަސްފަލްޓް އެޅުމާއި، ފުޓްޕާތު ހެދުމާއި، މަގު ހުރަސްކުރާ ސިގްނަލް ހަރުކުރުމާއި، މަގުބައްތި ހަރުކުރުމާއި އަދި ވާރޭ ފެން ހިންދުމުގެ ނިޒާމު ޤާއިމުކުރުން ހިމެނެއެވެ.

މި މަޝްރޫޢުގެ ދަށުން ޖުމްލަ 38,477.25 އަކަ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް ހިމެނެއެވެ. މިހާތަނަށް މަޝްރޫޢުގެ މަސައްކަތް ކުރިއަށްގޮސްފައިވާ މިންވަރަށް ބަލާއިރު، މުޅި މަޝްރޫޢުގެ 74 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ.

މި މަޝްރޫޢު ނިމުމުން ލ.ފޮނަދޫގެ މަގުތަކުގެ ހާލަތު ރަނގަޅުވެ، ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ މަގުތަކެއް ޤާއިމުވެގެންދާނެއެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން