Ads by Stelco

ޚަބަރު

އުމުރުން ދުވަސްވީ މީހުންގެ ދުވަހާއި ގުޅުވައިގެން އިސްރަށްވެހިންގެ ހަވީރެއް ބާއްވަނީ

އުމުރުން ދުވަސްވީ މީހުންގެ ދުވަހާއި ގުޅުވައިގެން އިސްރަށްވެހިންގެ ހަވީރެއް ބާއްވަނީ

އިސްރަށްވެހިންގެ ނާދީއަށް ފަލާޙް ޕްރީ ސްކޫލް ކުދިން ކުރި ޒިޔާރަތެއްގެ ތެރެއިން. ފޮޓޯ: ފަލާޙް ޕްރީ ސްކޫލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 ސެޕްޓެމްބަރު 2025، 11:38

30 ސެޕްޓެމްބަރު 2025، 11:38

ބައިނަލްއަޤުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަހާއި ގުޅުވައިގެން "އިސްރަށްވެހިންގެ ހަވީރު" ގެ ނަމުގައި ޚާއްސަ ހަވީރެއް ބޭއްވުމަށް ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ކުންފުނިތައް ގުޅިގެން ވަނީ ނިންމާފައެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އެޗް.ޑީ.ސީ)، އުރީދޫ އަދި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން ބާއްވާ މި ހަވީރު ކުރިއަށްދާނީ މާދަމާ ހަވީރު 16:30 ގައި ހުޅުމާލެ ފޭސް-2 'ރުއްގަނޑު 3' ސަރަހައްދުގައެވެ.

މި ހަވީރަކީ އުމުރުން ދުވަސްވީ މީހުންނަށް އެމީހުންގެ ޢާއިލާތަކާއެކު އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައި ބާއްވާ ހަވީރެކެވެ. މި ހަވީރުގައި އެކި ކަހަލަ ހަރަކާތްތަކާއި ކުޅިވަރުތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

"މި ހަވީރުގައި އުމުރުން ދުވަސްވީ މީހުންނާއި އެފަރާތްތަކުގެ ޢާއިލާތަކަށް އުފާވެރި ހިތްހަމަޖެހޭ މަޖާ ވަގުތުކޮޅެއް ހޭދަކުރެވޭނެ. އަދި އިސްރަށްވެހިންގެ ނާދީގެ މެންބަރުންގެ ފަރާތުން ތަފާތު ހަރަކާތްތައް ދައްކުވައިދޭ ސްޓޯލްތައްވެސް ހުންނާނެ،" ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މިކަން އިޢުލާނުކުރަމުން ވިދާޅުވިއެވެ.

ހިތްހަމަޖެހޭ، އެކުވެރި މާޙައުލެއްގައި، ޢާއިލާތަކާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަކީ އުމުރުން ދުވަސްވީ ފަރާތްތަކަށް ދެވޭނެ އަގުހުރި ހަދިޔާއެއްކަމަށް ފާހަގަކުރަމުން، ވީހާވެސް ގިނަ ފަރާތްތަކުން މި ހަވީރުގައި ބައިވެރިވުމަށް ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވަނީ ގޮވާލާފައެވެ.

 

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން