Ads by Stelco

ޚަބަރު

އަންނަ އަހަރުން ފެށިގެން ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުން ފުރުސަތު ދޭނީ ސްކްރީންކުރުމަށްފަހު: ޤުރުއާނާ ބެހޭ މަރުކަޒު

އަންނަ އަހަރުން ފެށިގެން ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުން ފުރުސަތު ދޭނީ ސްކްރީންކުރުމަށްފަހު: ޤުރުއާނާ ބެހޭ މަރުކަޒު

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ބައިވެރިއަކު ކިޔަވަނ|ީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 ސެޕްޓެމްބަރު 2025، 11:05

30 ސެޕްޓެމްބަރު 2025، 11:05

ހުލާސާ


އަންނަ އަހަރުން ފެށިގެން ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ ސްކްރީންކުރުމަށްފަހުގައި ކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނެެފިއެވެ.

މި ނިންމުން ނިންމާފައިވަނީ މުބާރާތުގެ ފެންވަރު އިތުރަށް މަތިކުރުމުގެ މަޤްޞަދުގައެވެ.

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ އެކަޑެމިކް ކޯޑިނޭޓަރ އަލްއުސްތާޛް ޢަލީ ވަޙީދު ޢަބްދުއްރަޙްމާން ވިދާޅުވި ގޮތުގައި، އަންނަ އަހަރުގެ މުބާރާތް ކުރިއަށްދާނީ އެކި ބުރުތަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ބައިވެރިއަކަށްވެސް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނީ ސްކްރީންކުރުމަށްފަހުގައެވެ.

"މިހާރު ސްކޫލްތަކާއި އަތޮޅުތަކުގެ ސްކޫލްތަކުން އަންނަނީ ސްކޫލް މުބާރާތްތަކުން ސްކްރީންކުރެވިގެން އަންނަ ކުދިން. އެކަމަކު އެބަ އާދޭ ޤުރުއާން ކްލާސްތަކުން އަދި އެނޫން ގޮތްގޮތުން އަންނަ ދަރިވަރުން. އެކުދިންވެސް ދެން އަންނާނީ ސްކްރީންކުރެވިގެން،" ޢަލީ ވަޙީދު ވިދާޅުވިއެވެ.

މި ބަދަލު ގެންނަން ނިންމި ސަބަބުތަކުގެ ތެރޭގައި، ބައެއް ދަރިވަރުންގެ ފަރާތުން ޤައުމީ މުބާރާތެއްގައި ހުންނަންޖެހޭ ފެންވަރާއި ސީރިއަސްކަން ފެންނަން ނެތްކަން ހިމެނެއެވެ. މި ބަދަލާއެކު މުބާރާތުގެ ފައިނަލަށް ދާނީ އެންމެ ވާދަވެރި އަދި އެންމެ ފެންވަރު މަތީ ދަރިވަރުންކަން މަރުކަޒުން ފާހަގަކުރައްވައެވެ.

މިއަހަރުގެ ޤުރުއާން ކިޔެވުމުގެ 37 ވަނަ މުބާރާތުގައި 1023 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މުބާރާތުގައި ބަލައިގެން އަދި ނުބަލާ ކިޔެވުމުގެ ގޮފީގެ އިތުރުން ޙާފިޒުންގެ ބައިވެސް ހިމެނެއެވެ. މުބާރާތުގެ ނަތީޖާ އިއުލާނުކުރުން އޮންނާނީ އޮކްޓޯބަރު 11 ވަނަ ދުވަހުއެވެ.

ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ފެންވަރު މަތިކުރުމަށް ގެންނަ ބަދަލުތަކާއެކު އައު ޤަވާއިދު ގެޒެޓުކުރާނެ ކަމަށް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ވަނީ ހާމަކުރައްވާފައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން