Ads by Stelco

ޚަބަރު

ސްޓެލްކޯގެ މުވައްޒަފުންނަށް ދުޅަހެޔޮ ޞިއްޙަތާ ގުޅޭ މަޢުލޫމާތުދޭ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

ސްޓެލްކޯގެ މުވައްޒަފުންނަށް ދުޅަހެޔޮ ޞިއްޙަތާ ގުޅޭ މަޢުލޫމާތުދޭ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

ސްޓެލްކޯގެ މުވައްޒަފުންނަށް ކުރިއަށް ގެންދިޔަ ދުޅަހެޔޮ ޞިއްޙަތާ ގުޅޭ މަޢުލޫމާތުދޭ ޕްރޮފްރާމްގެ ތެރެއިން. ފޮޓޯ: ސްޓެލްކޯ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 ސެޕްޓެމްބަރު 2025، 10:33

30 ސެޕްޓެމްބަރު 2025، 10:33

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މުވައްޒަފުންގެ ޞިއްޙީ ހާލަތު ދެނެގަތުމަށާއި، ދުޅަހެޔޮ ދިރިއުޅުމަކަށް މުވައްޒަފުން ހޭލުންތެރިކުރުމުގެ ގޮތުން ހެލްތު ސްކްރީނިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ.

ހުޅުމާލޭ ހޮސްޕިޓަލާ ގުޅިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެ، އެކި ބާވަތުގެ މެޑިކަލް ޗެކަޕްތައް ހަދައި، ދުޅަހެޔޮ ޞިއްޙަތެއްގައި ދިރިއުޅުމަށް މުހިންމު މަޢުލޫމާތު ވަނީ ހޯދާފައެވެ.

މި ފަދަ ޕްރޮގްރާމްތަކަކީ މުވައްޒަފުންގެ ޞިއްޙަތާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. ޚާއްޞަކޮށް މަސައްކަތުގެ މާޙައުލުގައި ގިނަ ވަގުތު ހޭދަކުރާ މުވައްޒަފުންނަށް މިފަދަ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްވެގެން ދިއުމަކީ މުހިންމު ކަމެކެވެ.

މި ޕްރޮގްރާމުގެ ސަބަބުން މުވައްޒަފުންގެ ޞިއްޙީ ހާލަތު ދެނެގަނެވި، ބަލިތަކަށް ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭ މުހިންމު މަޢުލޫމާތު މުވައްޒަފުންނާ ހިއްސާކުރެވިގެން ދިޔައެވެ.

 

 

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން