Ads by Stelco

ޚަބަރު

ފަލަސްޠީނުގައި ހިންގަމުންދާ ޤަތުލްޢާއްމު ނުފެންނަކަމަށް ހަދައިގެން ބޮޑެތި ޤައުމުތަކުން ތިބި ތިބުމަކީ ޤަރުނުގެ އެންމެ ބޮޑު ލަދު

ފަލަސްޠީނުގައި ހިންގަމުންދާ ޤަތުލްޢާއްމު ނުފެންނަކަމަށް ހަދައިގެން ބޮޑެތި ޤައުމުތަކުން  ތިބި ތިބުމަކީ ޤަރުނުގެ އެންމެ ބޮޑު ލަދު

ޚާރިޖީ ވަޒީރު ޑރ ޢަބްދުﷲ ޙަލީލް. ފޮޓޯ: ޚާރިޖިއްޔާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 ސެޕްޓެމްބަރު 2025، 11:29

28 ސެޕްޓެމްބަރު 2025، 11:29

ފަލަސްޠީނުގައި ހިންގަމުންދާ ޤަތުލްޢާއްމު ނުފެންނަކަމަށް ހަދައިގެން ބޮޑެތި ޤައުމުތަކުން އެކަމަށް ވާގިވެރިވެގެން ތިބި ތިބުމަކީ ޤަރުނުގެ އެންމެ ބޮޑު ލަދުކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އދ.ގެ 80 ވަނަ އާންމު މަޖިލީހުގެ ބައްދަލުވުމުގައި ތަޤުރީރު ކުރައްވަމުން، ޚާރިޖީ ވަޒީރު ވިދާޅުވީ، އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާކަމަށް ދަޢުވާކުރާ އަދި އެނިޒާމު ޤާއިމުކުރި ޤައުމުތަކުން ފަލަސްޠީނުގައި ހިންގަމުންދާ ޤަތުލްޢާންމަށް ވާގިވެރިވެ އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ.

"ފަލަސްޠީނުގައި އިސްރާއިލުން ހިންގާ ނަސްލު ނައްތާލުމުގެ ޢަމަލުތަކަށް ވާގިދެނީ ބައިނަލްއަޤުވާމީ އިންސާފުގެ ނިޒާމު ބިނާކުރި ޤައުމުތަކުން. ޤަރުނުގެ އެންމެ ބޮޑު ލަދު، އެއީ ފަލަސްތީނުގައި ހިންގަމުންދާ ޤަތުލުޢާމު ނުފެނި ތިބި ތިބުން،" ވަޒީރު ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީ އިންސާފާއި ޢަދާލަތުގެ ކުރިމައްޗަށް އިސްރާއީލު ގެނައުމުގައި އދ.އާއި ދުނިޔޭގެ ބާރުތައް ނުކުޅެދިފައިވުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ހަމަތައް ތަންފީޒުކުރުމުގައި ޤައުމުތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅުމުގެ ސަބަބުން، މުޅި ނިޒާމަށް ޤައުމުތަކުން ކުރާ އިތުބާރު ގެއްލުމުގެ ބިރު ބޮޑުވެފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވަޒީރު ވަނީ އދ.ގެ ސަލާމަތީ މަޖިލީހުގެ އޮނިގަނޑު ބަދަލުކޮށް، ވީޓޯ ކުރުމުގެ ބާރު ވަކި ޤައުމުތަކަށް އޮންނަ ނިޒާމު އުވާލުމަށް ގޮވާލައްވާފައެވެ. އަދި ތިމާވެށީގެ ދާއިރާއިން ދުނިޔޭގެ ބޮޑެތި ބާރުތަކުން ދެމުންދާ ގެއްލުންތަކުގެ ޒިންމާ ނުނެގުމުގެ ބުރަ އުފުލަންޖެހެނީ ކުދި ޖަޒީރާ ޤައުމުތަކުންކަންވެސް ފާހަގަކުރެއްވިއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން