Ads by Stelco

ޚަބަރު

އިފްރާޙްގެ އާއިލާއަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

އިފްރާޙްގެ އާއިލާއަށް ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ގޯލްކީޕަރު އިބްރާހީމް އިފްރާޙް ޢަރީފް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 ސެޕްޓެމްބަރު 2025، 06:59

26 ސެޕްޓެމްބަރު 2025، 06:59

ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ގޯލްކީޕަރު އިބްރާހީމް އިފްރާޙް ޢަރީފް ރޭގެ ވަގުތެއްގައި ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އޭނާގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ގޯލްކީޕަރެއްގެ ގޮތުގައި މަޤްބޫލުކަން ހޯދި ހުނަރުވެރި ކުޅުންތެރިޔާ އިބްރާހީމް އިފްރާޙް ޢަރީފް ނިޔާވުމުގެ ހިތާމައިގައި މަރްޙޫމްގެ ޢާއިލާއަށް އަދި ދިވެހި ފުޓްބޯޅައަށް ލޯބިކުރައްވާ ހުރިހާ ރައްޔިތުންނަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.


އުމުރުން 36 އަހަރުގެ އިފްރާޙް ނިޔާވެފައިވަނީ ސްޓްރޯކެއް ޖެހިގެން ލިބުނު ގެއްލުންތަކަށް ފަރުވާ ހޯދުމުގެ ތެރޭގައި، ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮއްވައެވެ. 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން