Ads by Stelco

ޚަބަރު

މީޑިއާ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

މީޑިއާ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ރާއްޖޭގެ ބައެއް ނޫސްވެރިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ސެޕްޓެމްބަރު 2025، 07:28

25 ސެޕްޓެމްބަރު 2025، 07:28

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ޤާނޫނުގެ ދަށުން އެކުލަވާލާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފިއެވެ.

ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މި ކޮމިޝަނަށް މިފަހަރު ހޯދަނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާނެ ދެ މެމްބަރުންނާއި މީޑިއާތައް ތަމްސީލުކުރާނެ ދެ މެމްބަރުންނެވެ. ކޮމިޝަނުގެ ތިން މެންބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

އީސީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަޤާމުތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅަންޖެހޭނީ އަންނަ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުގެ މެންދުރު 14:00 ގެ ކުރިންނެވެ. ފޯމު ހުށަހަޅަންޖެހޭނީ އީސީގެ ޕޯޓް ކޮމްޕްލެކްސްގެ ފަސްވަނަ ފަންގިފިލާއަށެވެ.

ކޮމިޝަނުގެ މެންބަރުން ހޮވުމަށް ނަގާ ވޯޓު އޮންނާނީ އޮކްޓޯބަރު 11 ވަނަ ދުވަހުއެވެ. ވޯޓުލުން ކުރިއަށްދާނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. ވޯޓުލެވޭނީ މުއްދަތު ހަމަނުވާ އައިޑީކާޑު، ލައިސަންސް ނުވަތަ ޕާސްޕޯޓު ބޭނުންކޮށްގެންނެވެ. ވޯޓު ފޮށި ބަހައްޓާނީ ހަމައެކަނި މާލޭގައެވެ.

މި ޤާނޫނު ފާސްކުރެވުނު އިރު ނޫސްވެރިންގެ ފަރާތުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އެގޮތުން އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ ސަރުކާރުގެ ނިޒާމުގެ ތެރެއިން މީޑިއާ ވަރަށް ބޮޑަށް ރެގިއުލޭޓް ކުރެވޭ ގޮތަށް އޮތުމާއި، ކޮމިޝަނުގެ ތިން މެމްބަރުން މަޖިލީހުން އައްޔަންކުރާ ގޮތަށް ހުރުމުގެ އިތުރުން ހުރިހާ މެމްބަރުން މަޖިލީހަށް ވަކިކުރެވޭ ގޮތަށް އޮތުމެވެ.

 

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން