Ads by Stelco

ޚަބަރު

ހައިކޯޓުގެ ފަނޑިޔާރު ކަމަށް މާހިރު އައްޔަން ކުރައްވައިފި

ހައިކޯޓުގެ ފަނޑިޔާރު ކަމަށް މާހިރު އައްޔަން ކުރައްވައިފި

ހައިކޯޓުގެ ފަނޑިޔާރުކަމަށް މާހިރު ހުވާކުރެއްވުން. ފޮޓޯ: ހައިކޯޓު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ސެޕްޓެމްބަރު 2025، 05:30

25 ސެޕްޓެމްބަރު 2025، 05:30

ހައިކޯޓުގެ ފަނޑިޔާރުކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު މިއަދު އައްޔަން ކުރައްވައިފިއެވެ. 

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މާހިރު ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާއެވެ.

މާހިރަކީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި 14 ބޭފުޅުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި ބޭފުޅާއެވެ. ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމެއް ހުސްވެފައިވަނީ، އެ ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ހުސައިން ޝަހީދާއި، ފަނޑިޔާރު މުހައްމަދު ސަލީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން، އެންމެ ފުރަތަމަ ޖޭއެސްސީން ނިންމާފައިވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އާއި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު އައްޔަންކުރުމަށެވެ. ނަމަވެސް، މުހައްމަދު ޝަހީދު އައްޔަންކުރަން ނިންމުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް، އޭނާ ވަނީ އެ މަޤާމާ ހަވާލުވުމަށް އުޒުރުވެރިވެފައެވެ.

މާހިރު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ޖޭއެސްސީން ނިންމާފައިވަނީ މިއަދު ހެނދުނު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމެއްގައެވެ. މި އައްޔަންކުރުމާއެކު ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން