Ads by Stelco

ޚަބަރު

ޤަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރަން އުޅުނު ސިނގިރޭޓުތަކެއް އަތުލައިގެންފި

ޤަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރަން އުޅުނު ސިނގިރޭޓުތަކެއް އަތުލައިގެންފި

ރާއްޖެއަށް އެތެރެކުރި ސިނގިރޭޓުތަކެއް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ސެޕްޓެމްބަރު 2025، 07:38

24 ސެޕްޓެމްބަރު 2025، 07:38

 ތ. ވިލުފުށި ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަސައްކަތް މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ. 

މި މަޝްރޫޢުގެ އަގަކީ 21.73 މިލިއަން ރުފިޔާ ކަމަށްވާއިރު، މަސައްކަތް ނިންމުމަށް ދެވިފައިވަނީ 360 ދުވަހުގެ މުއްދަތެކެވެ.

މިމަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރރެވިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޭއްވި ރަސްމިއްޔާތެއްގައެވެ.

 މި އެއްބަސްވުމުގައި ކުޅިވަރު ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޢަބްދުއްރައްޒާޤު އިބްރާހިމް އެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ޑީސީޕީ (ރޓ) އަޙުމަދު ސަޢުދީ އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވިލުފުށި ކައުންސިލުގެ ރައީސްއާއި ކައުންސިލް މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ވިލުފުށި ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި ސްޓޭޑިއަމްގެ ލައިޓް ހަރުކުރުމާއި، ރޮސްޓްރަމް ހެދުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢު ނިމުމުން ވިލުފުށީގެ ޒުވާނުންނަށް ކުޅިވަރުގެ ރޮނގުން އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެއެވެ. 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން