Ads by Stelco

ޚަބަރު

މާދަމާ ހައިކޯޓަށް ފަނޑިޔާރުން އައްޔަނުކުރަނީ

މާދަމާ ހައިކޯޓަށް ފަނޑިޔާރުން އައްޔަނުކުރަނީ

ދިވެހި ރާއްޖެގެ ހައިކޯޓު. ފޮޓޯ: ދިޔަރެސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 ސެޕްޓެމްބަރު 2025، 05:57

24 ސެޕްޓެމްބަރު 2025، 05:57

ހައި ކޯޓަށް އަލަށް އައްޔަންކުރާ ފަނޑިޔާރުން ހުވާކުރުމުގެ ރަސްމިއްޔާތު މާދަމާ އެ ކޯޓުގައި ބޭއްވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ހަމަޖައްސާފައެވެ. 

މި ރަސްމިއްޔާތު އޮންނާނީ މާދަމާ މެންދުރުފަހު 2:00 ގައި ކަމަށް ޖޭއެސްސީން މަޢުލޫމާތު ދެއްވާފައިވެއެވެ.

ހައިކޯޓުގެ ބެންޗުގައި ތިއްބެވި ދެ ފަނޑިޔާރެއްގެ މަޤާމު ހުސްވުމާ ގުޅިގެން، އެ މަޤާމުތަކަށް ފަނޑިޔާރުން ހޯދުމަށް ޖޭއެސްސީން ކުރި އިޢުލާނާ ގުޅިގެން 17 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ. މި ފަރާތްތަކުގެ ތެރެއިން ކުރީގެ ސިވިލް ކޯޓުގެ ޤާޟީ އަބްދުﷲ ޖަމީލް މޫސާ އާއި މުޙައްމަދު ޝަހީދު ހޮވިވަޑައިގަތް ނަމަވެސް، މުޙައްމަދު ޝަހީދު ވަނީ ފަހުން އެ މަޤާމަށް ކުރިމަތިލެއްވި ނަން އަނބުރާ ގެންދަވާފައެވެ.

އަބްދުﷲ ޖަމީލް މޫސާ ވަނީ މިދިޔަ މަހު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެވިފައެވެ. އެހެންނަމަވެސް، އަދިވެސް އެއް މަޤާމު އޮތުމާއެކު، އެ މަޤާމަށް ފަނޑިޔާރަކު ހޯދުމަށް ޖޭއެސްސީން ވަނީ އަލުން އިޢުލާނުކޮށްފައެވެ. މި އިޢުލާނާ ގުޅިގެން 14 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ.

މި މަޤާމަށް އައްޔަންކުރާނެ ފަނޑިޔާރެއް ކަނޑައެޅުމަށްޓަކައި ޖޭއެސްސީގެ ބައްދަލުވުމެއް މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލު ފަރާތެއް ހޮވުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން