Ads by Stelco

ޚަބަރު

ނާލާފުށީގެ ރައްޔިތުން އުންމީދުކުރާ މިންވަރަށް ރަށަށް ތަރައްޤީ ގެނެސްދޭނަން: ރައީސް މުޢިއްޒު

ނާލާފުށީގެ ރައްޔިތުން އުންމީދުކުރާ މިންވަރަށް ރަށަށް ތަރައްޤީ ގެނެސްދޭނަން: ރައީސް މުޢިއްޒު

ރައީސް މުޢިއްޒު ނާލާފުށީ ރައްޔިތުންނާއި ބައްދަލުކުރައްވަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 ސެޕްޓެމްބަރު 2025، 07:46

22 ސެޕްޓެމްބަރު 2025، 07:46

މ. ނާލާފުށީގެ ތަރައްޤީ ރައްޔިތުން އުންމީދުކުރާ މިންވަރަށް ހާސިލްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

 ނާލާފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ އެ ރަށުގެ ތަރައްގީގެ ކަންކަމުގައި ވެވަޑައިގެންނެވި ހުރިހާ ވައުދުތަކެއް ފުރިހަމަކަމާއެކު ނިންމައިދެއްވާނެ ކަމަށެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި ނާލާފުށި މުއްޔާއެކު ގުޅާލުމުގެ ކޯޒްވޭގެ މަސައްކަތަކީ ރަށުގެ ތަރައްޤީއަށް މުހިންމު އެއް މަޝްރޫޢުކަމަށާއި، މި މަސައްކަތް އެގްރީމަންޓްގައި އޮތް މުއްދަތަށްވުރެ އަވަހަށް ނިންމައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. "އެ މަސައްކަތް ޢަމަލީ ގޮތުން ފަށާފައިވާއިރު ބައެއް ކަންކަން ފަންނީ ގޮތުން ރަނގަޅުކޮށްލަނީ," ރައީސް ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ވިދާޅުވެ، 4 އެނދާއި، ކޮންސަލްޓޭޝަން ރޫމާއި، ޑްރެސިން ރޫމް ހިމެނޭ ސިއްހީ މަރުކަޒެއްގެ މަސައްކަތް ދެ މަސް ތެރޭގައި ފެށިގެންދާނެ ކަމަށް ރައީސް ހާމަކުރެއްވިއެވެ. މީގެއިތުރުން، ފެނާއި ނަރުދަމާގެ މައްސަލަ ހައްލުކޮށްދެއްވުމާއި، ސްކޫލުގެ މަޝްރޫއުވެސް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.

ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ ގޮތުން، ފުޓްސަލް އަދި ހޭންޑްބޯޅަ ކުޅެވޭނެ ދަނޑެއް މިއަހަރު ތެރޭގައި އަޅަން ފެށޭނެ ކަމަށް ރައީސް އިއުލާނުކުރެއްވިއެވެ. މި ދަނޑު ތަރައްޤީކުރެވޭނީ ރެސްޓްރޫމްއާއެކު، ރޭގަނޑު ވެސް ކުޅެވޭ ގޮތަށް ލައިޓް ހަރުކޮށްގެންނެވެ.

ނާލާފުށީ ކައުންސިލްގެ ރައީސް އަހްމަދު ޒުބައިރު ވިދާޅުވި ގޮތުގައި ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ނިމުމުން ރައްޔިތުންނަށް ގިނަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި މިދަތުރުފުޅުގައި ނާލާފުށީ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައިވެސް ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން