Ads by Stelco

ޚަބަރު

ދަރަނބޫދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ދަރަނބޫދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފި

ދަރަނބޫދޫ ޞިއްޙީ މަރުކަޒުގެ ބިންގާ އެޅުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 ސެޕްޓެމްބަރު 2025، 11:20

21 ސެޕްޓެމްބަރު 2025، 11:20

ފ. ދަރަނބޫދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ. 

މި އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި މުހިންމު މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. އިމާރާތުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

މި މަޝްރޫޢު ނިމުމުން ދަރަނބޫދޫގެ ރައްޔިތުންނަށް ލިބިގެންދާނެ އެންމެ ބޮޑު ފައިދާއަކީ މާލެއަށް ބޭސްފަރުވާއަށް ކުރަންޖެހޭ ދަތުރުތައް މަދުވެގެން ދިއުމެވެ. މީގެ ސަބަބުން ރައްޔިތުންނަށް ސިއްޙީ އަދި މާލީ ގޮތުން ވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދުނު، ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ދާއިރާގައި މުހިންމު ދައުރެއް އަދާކުރަމުންދާ ކުންފުންޏެކެވެ. ވޭތުވެދިޔަ 44 އަހަރުގެ ތެރޭގައި އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ.

މި އައު އިމާރާތުގެ މަސައްކަތް ނިމި، ޚިދުމަތް ދޭން ފެށުމުން، ދަރަނބޫދޫގެ ރައްޔިތުންނަށް މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ސިއްޙީ ޚިދުމަތްތައް ލިބިގެންދާނެކަމަށް ބެލެވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން