Ads by Stelco

ޚަބަރު

ޙުސެއިން ފަޙުމީ ރައީސްގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަޤާމަށް އިސްކުރައްވައިފި

ޙުސެއިން ފަޙުމީ ރައީސްގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަޤާމަށް އިސްކުރައްވައިފި

ހުސެއިން ފަހުމީ. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ސެޕްޓެމްބަރު 2025، 04:40

08 ސެޕްޓެމްބަރު 2025، 04:40

ސްޓެލްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް މަޤާމަކަށް އައްޔަންކުރައްވައިފިއެވެ. 

ރައީސް އޮފީހުން މިއަދު ހާމަކުރެއްވި ގޮތުގައި، ފަހުމީ އައްޔަންކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތާއި ވަޢުދުތަކާބެހޭ ޕްރިންސިޕަލް ސެކްރެޓަރީގެ މަޤާމަށެވެ. މިއީ ވަޒީރު ފެންވަރުގެ މަޤާމެކެވެ. 

މި މަޤާމަށް އައްޔަންކުރެއްވީ 2023 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން އަދާކުރައްވަމުން ގެންދެވި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުން ވަކިކުރެއްވުމަށް ފަހުއެވެ. 

ފަހުމީގެ ސްޓެލްކޯގައި 27 އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވެއެވެ. އެކައުންޓް އެސިސްޓެންޓް ޓްރެއިނީއެއްގެ ގޮތުގައި ފައްޓަވައި، އިނގިރޭސިވިލާތުގައި ކިޔެވުން ފުރިހަމަކުރެއްވުމަށްފަހު، ކުންފުނީގެ އެކި މަޤާމުތަކުގައި މަސައްކަތްކުރައްވާފައިވެއެވެ. މި މުއްދަތުގައި ކުންފުނީގެ މާލީ އަދި ހިންގުމުގެ ކުރިއެރުމަށް މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.

ސްޓެލްކޯގެ އައު މެނޭޖިންގ ޑިރެކްޓަރުގެ ގޮތުގައި މިފްކޯގެ ކުރީގެ ސީއީއޯ އަޙްމަދު ޝަމާޙް ރަޝީދު އިއްޔެ ވަނީ އައްޔަންކުރައްވާފައެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން