Ads by Stelco

ޚަބަރު

ދައުރުން ބޭރުން ޖަލްސާއެއް އަންނަ ހޯމަދުވަހު ބާއްވަނީ

ދައުރުން ބޭރުން ޖަލްސާއެއް އަންނަ ހޯމަދުވަހު ބާއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ. ފޮޓޯ: މަޖިލިސް އިދާރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ސެޕްޓެމްބަރު 2025، 03:38

08 ސެޕްޓެމްބަރު 2025، 03:38

ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް އަންނަ ހޯމަދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.

 މި ޖަލްސާގެ މަޤްޞަދަކީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ނައިބު ރައީސަކު އައްޔަންކުރުމާއި ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އަށް ރައީސަކު ޢައްޔަންކުރުމެވެ.

ސަރުކާރު ހިންގާ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެފައިވަނީ، މި ޖަލްސާގައި އިތުރު މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު އޮތް ނަމަވެސް، އެޖެންޑާ ކުރާނެ އެހެން މަސައްކަތްތަކެއް އަދި ވަނީ ކަނޑަނޭޅިއެވެ.

މިއީ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރު ނިމި، ޗުއްޓީއަށް ދިޔަ ފަހުން ދައުރުން ބޭރުން ބާއްވާ ދެވަނަ ޖަލްސާ ކަމެވެ. މި ޖަލްސާގައި ކުރިއަށް ގެންދާނެ އިތުރު މަސައްކަތްތަކާ ބެހޭ މަޢުލޫމާތު އަދި ހާމަކޮށްފައި ނުވި ނަމަވެސް، އެ މަޢުލޫމާތު ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށް ވަނީ ބުނެފައެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން