Ads by Stelco

ޚަބަރު

ސިވިލް ސަރވަންޓުން ޒަކާތަށް ހޭލުންތެރިކުރުމާ ގުޅޭ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި

ސިވިލް ސަރވަންޓުން ޒަކާތަށް ހޭލުންތެރިކުރުމާ ގުޅޭ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި

ސިވިލް ސަރވަންޓުން ޒަކާތަށް ހޭލުންތެރިކުރުމާ ގުޅޭގޮތުން މަޝްވަރާކުރުން/ފޮޓޯ: ޒަކާތު ހައުސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

21 އޯގަސްޓު 2025، 07:20

21 އޯގަސްޓު 2025، 07:20

ސިވިލް ސަރވަންޓުން ޒަކާތަށް ހޭލުންތެރިކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން، ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓާ ބައްދަލުކޮށް މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި، ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިއްޒައްދީން އަދުނާން، އަދި ފަންޑު މެނޭޖަރ ޢަބްދުﷲ ޢަލީ ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. ހަމަ އެހެންމެ، އެ ބޭފުޅުން ވަނީ ޒަކާތު ހައުސްއިން ކުރިއަށްގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކުގެ މައުލޫމާތުތައް ހިއްސާ ކުރައްވާފައެވެ. އަދި ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓާ ގުޅިގެން ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭގޮތުން ދެ ފަރާތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސް އުފެދިގެން އައި ހިސާބުން ޒަކާތަށް އާންމުންނާއި، ސްކޫލް އަދި ޔުނިވަރސިޓީތަކުގެ ދަރިވަރުން ހޭލުންތެރި ކުރުމުގެ ގޮތުން ސެޝަންތައް ދަނީ ނަގައިދެމުންނެވެ. އެގޮތުން، އަތޮޅުތެރެ އާއި މާލޭގެ ސްކޫލްތަކުގައި ވެސް ޒަކާތު ހައުސްގެ ފަރާތުން ވަނީ ސެޝަންތަކެއް ކުރިއަށް ގެންގޮސްފައެވެ. އަދި ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް 2 ވަނަ ބައިނަލްއަޤްވާމީ ޒަކާތު މަހާސިންތާ ބާއްވަން އަންނަނީ ތައްޔާރީތައް ވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން