Ads by Stelco

ޚަބަރު

ގެސްޓުން “އައްޗި” ކޮށް އުޅޭތީ ކުޑަކުދިންގެ ޝަކުވާއެއް، ރައީސް ވިދާޅުވީ ޓޫރިޒަމް ހިންގަންވާނީ ވެސް ދީނީ އިމުން ބޭރުނުވެކަމަށް

ގެސްޓުން “އައްޗި” ކޮށް އުޅޭތީ ކުޑަކުދިންގެ ޝަކުވާއެއް، ރައީސް ވިދާޅުވީ ޓޫރިޒަމް ހިންގަންވާނީ ވެސް ދީނީ އިމުން ބޭރުނުވެކަމަށް

ރައީސް މުޢިއްޒު އުކުޅަހު ރައްޔިތުންނާއި ބައްދަލުކުރެއްވުން. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 އޯގަސްޓު 2025، 01:43

21 އޯގަސްޓު 2025، 01:43

ރައީސް ޑރ މުޙައްމަދު މުޢިއްޒު އަރިއުތުރަށް ކުރެެއްވި ދަތުުރުފުޅުގައި އެއަތޮޅު އުކުޅަހަށް ކުރެއްވެވި ދަަތުރުފުޅުގައި އެރަށު ކުޑަކުދިންތަކެއް ރައީސް އަށް ޝަކުވާގެ ސިޓީ އެއް އަރުވައިފިއެވެ.

އުކުޅަހު ކުދިންގެ ސިޓީގައި ބުނެފައިވަނީ ކޮއްކޮމެން ބީޗަށް ދާން ބޭނުންވާކަމަށެވެ. އެކަމަކު ގެސްޓުން އުޅެނީ އައްޗިކޮށް ކަމަށާއި، ބީޗުގައި ވެސް ރެސްޓޯރެންޓުގައި ވެސް މަގުމަތީގައި ވެސް ގެސްޓުން އުޅެނީ އައްޗި ހެދުން ލައިގެން ކަމަށެވެ. 

ގެސްޓުން “އައްޗި” ކޮށް އުޅޭތީ ކުޑަކުދިންގެ ޝަކުވާއެއް، ރައީސް ވިދާޅުވީ ޓޫރިޒަމް ހިންގަންވާނީ ވެސް ދީނީ އިމުން ބޭރުނުވެކަމަށް

އުކުޅަހު ކުޑަކުދިން ރައީސް އަށް ސިޓީ އަރުވަނީ

ރައީސް މުއިއްޒު ވަނީ އެރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވަނީ މި ސިޓީ އިއްވައިފައެވެ. ރައީސް ވަނީ މިސިޓީގައި އެކުދިން ފާހަގަކުރި ކަންކަމަށް ޖަވާބު ދެއްވައިފައެެވެ. އެގޮތުން ރައީސްގެ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ހިންގާއިރު ވިސްނަން ޖެހޭ ވަރަށް ގިނަ ކަންކަން ހުންނާނެ ކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާ ފުޅާކޮށް ރައްޔިތުންނަށް ފުދުންތެރިކަން ހޯދައިދޭން ބޭނުންވި ނަމަވެސް އެ ލިބޭ މުއްސަނދިކަން ހޯދާއިރު އިސްލާމް ދީން ހުއްދަ ނުކުރާ ކަންކަން ނުކުރުމަށް ރައީސް އެދިވަޑައިގަތެވެ.

ރަށްރަށުގައި ޓޫރިސްޓް އެނދުތައް އިތުރު ކުރަންވީ ކަމަށާއި ނަމަވެސް އެކަން ކުރަންވީ ރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ގެސްޓް ހައުސްތަކާއި ޓޫރިޒަމް ދާއިރާ ވެސް ކުރިއަރުވަންވީ ކަމަށާއި ނަމަވެސް އެކަން ކުރަންވީ އިސްލާމް ދީނުގައިވާ ގޮތުގެ މަތިންކަން ފާހަގަ ކުރައްވައި، ރައީސް މުއިއްޒު ވިދާޅުވީ އޭރުން ވިޔަފާރީގައި ބަރަކާތް ލައްވާނެ ކަމަށެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގައި ރަށު ފަތުރުވެރިކަން ކުރަމުންދާއިރު އިޖްތިމާޢީ ގޮތުން އެކަށީގެންނުވާ އެތައް މަންޒަރުތަކެއް ރަށްރަށުން ފެންނަމުންދާ ކަމުގެ ޝަކުވާ ދޭތެރެދޭތެރެއިން ސޯޝަލް މީޑިއާގައި ފެނިގެންދެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން