ޚަބަރު
ދިއްދޫ މީހަކު މާލެއިން ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި
ގެއްލިގެން ހޯދަމުންދާ މީހާ / ފޮޓޯ: ފުލުހުން
ހއ. ދިއްދޫއަށް ނިސްބަތްވާ މީހަކު މާލެއިން ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައި، އެ މީހާ ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް މިއަދު އެދިއްޖެއެވެ.
ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުން ދަނީ ހއ. ދިއްދޫ، ޢާލިޔާ، އުމުރުން 32 އަހަރުގެ އާދަމް އިކްރާމް ކަމަށެވެ.
އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އަންގާރަ ދުވަހުގެ ރޭ ދަންވަރުން ފެށިގެން އާއިލާއަށް އެއްވެސް ޚަބަރެއް ވެފައި ނުވާތީ، ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.
ފުލުހުން އިތުރަށް ހާމަކުރި ގޮތުގައި، އޭނާ ހޯދުމަށް މިހާތަނަށް ކުރި މަސައްކަތުން އަދި ފެނިފައެއް ނުވެއެވެ. އެހެންކަމުން، އާދަމް އިކްރާމާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ، ލަސްނުކޮށް އެ މަޢުލޫމާތެއް ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9790085 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުންގެ ޚިދުމަތުން އެދެއެވެ.