ވިޔަފާރި / ޚަބަރު

މީޑިއާ ވިލެޖާއެކު ތަރައްޤީކުރާ ސިޓީ ހޮޓާގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

މީޑިއާ ވިލެޖާއެކު ތަރައްޤީކުރާ ސިޓީ ހޮޓާގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

މީޑިއާ ވިލެޖާއެކު ތަރައްޤީކުރާ ސިޓީ ހޮޓާ ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރުން، ފޮޓޯ: އެޗްޑީސީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

21 އޯގަސްޓު 2025، 07:13

21 އޯގަސްޓު 2025، 07:13

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި މީޑިއާ ވިލެޖާއެކު އާ ފަސް ތަރީގެ ހޮޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބަޔަކާ ހަވާލުކޮށްފިއެވެ.

"މަންހަޓަން ގްރޭންޑް ހޮޓެލް"ގެ ނަމުގައި ތަރައްޤީކުރާ މި ހޮޓަލުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ދުބާއީގެ ޑީޕްސީފުޑް ކޮމްޕެނީން ހަދާފައިވާ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑްއާއެވެ. 

މީޑިއާތައް އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެހީތެރިވުމުގެ ގޮތުން، މީޑިއާ ވިލެޖެއް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ. މީގެ އިތުރުން، ސަރުކާރުގެ މުހިންމު ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ތަރިކަ ކޮލެޖާއި، އެމްއެންޔޫ މެޑިކަލް ސްކޫލާއި، ޔޫތު ސެންޓަރަށް ޚާއްޞަ ޖާގައެއް މި ތަނުން ކަނޑައަޅާނެއެވެ. 



އެ ތަންތަން ނިންމަން ފަސް މަސް ދުވަސް ވަނީ ދީފައެވެ. އެ ހަތަރު ތަނަށް ދޭ ޖާގަ ހެދުމަށް ހަތް މިލިއަން ޑޮލަރު ޚަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ މަސައްކަތެކެވެ. އަދި އެ ހޮޓާ ހަދާ އިރު ސީއެސްއާރުގެ ދަށުން ސަރުކާރަށް ދޫކުރާ ހަތަރު ތަނުގެ ފެނާއި ކަރަންޓާއި މެއިންޓަނެންސް ޚަަރަދު ދާއިމީ ގޮތެއްގައި ހަމަޖައްސާނީ ވެސް ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުންނެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑުގެ ސީއީއޯ ފަހިޔަސް ޕަންގަޓް ވިދާޅުވީ، މަންހަޓަން ގްރޭންޑު ހޮޓަލުގައި ހަތަރު ކެޓަގަރީއެއްގެ ކޮޓަރި ހުންނާނެއެވެެ. އަދި އެ ހޮޓަލުން އެންމެ ޒަމާނީ ލަގްޒަރީ ޚިދުމަތްތައް ވެސް ލިބޭނެ ކަމަށް ވަނީ ހާމަކޮށްފައެވެ.

އަދި ޕްރޮޖެކްޓްގެ މަސައްކަތް ކަނޑައަޅާފައިވާ ޓައިމްލައިނާ އެއްގޮތަށް ނިންމޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

ހޮޓާ ނިންމަން އެއް އަހަރުގެ މުއްދަތެއް ވަނީ ކަނޑައަޅައިފައެވެ. އެޗްޑީސީން ބުނީ، އެ ހޮޓާ ވާނީ، ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓާ ގުޅާލެވޭނެ ހޮޓަލަކަށް ކަމަށެވެ. އެގޮތުން 12 އެއާރލައިނަކާ އެކު އެއްބަސްވުންތައް ހަދާނެކަމަށް ވެސް އެޗްޑީސީން ބުންޏެވެ. 

އެޗްޑީސީއިން ލަފާކުރާ ގޮތުގައި ބިމުގެ އަގުގެ ގޮތުގައި އެ ކުންފުންޏަށް 170 މިލިއަން ރުފިޔާ ލިބޭނެއެވެ. އަދި ކޮންމެ އަހަރަކު ކުލީގެ ގޮތުގައި 14.4  މިލިއަން ރުފިޔާ ލިބޭނެއެވެ. އަދި ޓެކްސްގެ ގޮތުގައި ދައުލަތަށް އަހަރަކު 39 މިލިއަން ރުފިޔާ ލިބޭނެކަމަށް އެޗްޑީސީން ވަނީ އަންދާޒާކޮށްފައެވެ.

މި އިމާރާތަކީ އެސްޓީއޯއިން ސިޓީ ހޮޓަލެއް ތަރައްޤީކުރުމުގެ ވިސްނުމުގައި 2007ވަނަ އަހަރު ފެށި މަސައްކަތެކެވެ. އެއީ އެސްޓީއޯއިން ގެންނަ ކާޑު ގަތުމަށް ޑޮލަރު ހޯދުމުގެ ގޮތުންނެވެ. އެގޮތުން މި ޕްރޮޖެކްޓު ހިންގުމަށް އެމެރިކާގެ ކާލްސަން ގުރޫޕާއެކު 2011 ގައި ޕާޓްނާޝިޕް އެއްބަސްވުމެއް ވެސް ހެދިއެވެ. ނަމަވެސް އެކި ކަންކަން ކުރިމަތިވެ އެންމެ ފަހުން އެ ހޮޓާ ވިއްކާލަން 2018 ގައި އެސްޓީއޯއިން ނިންމިއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން