ޚަބަރު
ރެޒިޑަންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމްގެ މަޝްވަރާތައް ފަށައިފި: ރާއްޖޭގެ އިގްތިސާދު ހަރުދަނާކުރުމަށް މުހިންމު ފިޔަވަޅެއް

ރެޒިޑަންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމްގެ މަޝްވަރާތައް ފޮޓޯ: ވުޒާރާ
މިހާރުގެ ސަރުކާރުން ރާއްޖޭގެ އިގްތިސާދު އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރުމަށްޓަކައި ކުރިއަށް ގެންދިއުމަށް ރާވާފައިވާ ރެޒިޑަންސީ ބައި އިންވެސްޓްމަންޓް (އާރްބީއައި) ޕްރޮގްރާމް ޑިޒައިން ކުރުމުގެ އެންމެ މުހިންމު އެއް މަރުޙަލާ ކަމަށްވާ ސްޓޭކްހޯލްޑަރ މަޝްވަރާ ބައްދަލުވުންތައް ފަށައިފިއެވެ.
މި މަސައްކަތުގައި ސަރުކާރުގެ ގިނަ އިދާރާތަކެއް ބައިވެރިވެއެވެ. މި މަޝްވަރާތަކުގައި ދުރު މުސްތަޤްބަލުގައި ސަރުކާރުން ބޭނުންވާ އިޤްތިޞާދީ ލަނޑުދަނޑުތައް ޙާޞިލްކުރުމަށް މަގުފަހިވާނެގޮތަށް ޕްރޮގްރާމް ބައްޓަންކުރުމަށް ވަރަށް ބޮޑަށް އަހައްމިޔަތުކަން ދެވިގެންދާނެއެވެ. މި ޕްރޮގްރާމަކީ ރާއްޖެއަށް ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކޮށް، އިޤްތިޞާދަށް ދިރުމެއް ގެނައުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ރާއްޖޭގެ ސަރުކާރާއި ދުނިޔޭގެ މަޝްހޫރު ހެންލޭ އެންޑް ޕާޓްނަރޒް އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 01 ވަނަ ދުވަހު ބޭއްވުނު މޯލްޑިވްސް-ސިންގަޕޫރު ބިޒްނަސް ފޯރަމްގައެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއަކީ އިންވެސްޓްމަންޓަށް ފަހި މާޙައުލެއް ޤާއިމްވެފައިވާ މަންޒިލެއްގެ ގޮތުގައި ފައިތިލަ ސާބިތުކުރުމަށް މަގުފަހިވެގެންދާނެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު އިތުރަށް ކުރިއަރާނެ ކަމަށް އުންމީދު ކުރެވެއެވެ.