ޚަބަރު
މާލެއައި ތިލަފުށިގެ ކަރަންޓު ވިއުގަ ގުޅާލުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި
މާލެއައި ތިލަފުށިގެ ކަރަންޓު ވިއުގަ ގުޅާލުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވުން. ފޮޓޯ: ހަކަތައާއި ބެހޭ ވުޒާރާ
މާލެއާއި ތިލަފުއްޓާއި ދެމެދު ކަރަންޓު ވިއުގަ ގުޅާލައި، ހަކަތައިގެ އުމްރާނީ ވަސީލަތްތައް ހަރުދަނާކުރުމާއި ގުޅޭގޮތުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ މަންދޫބުންނާއެކު މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްގެންގޮސްފައި ވަނީ މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާގައެވެ. . މި މަޝްވަރާތަކުގައި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި އޭޑީބީގެ ވަފުދުގެ ބޭފުޅުންނާއެކު ރާއްޖޭގެ ހަކަތައިގެ ދާއިރާ ތަރައްޤީކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.
Minister Ali Shareef met with representatives of the Asian Development Bank (ADB). The meeting focused on strengthening energy infrastructure and improving the interconnection between Malé and Thilafushi, with a view to enhancing grid connectivity and overall reliability https://t.co/5gXMJkS4Dv
— Min. of Climate Change, Environment and Energy, MV (@MoEnvmv) November 16, 2026
ހަކަތައާއި ބެހޭ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ހަކަތައިގެ އުމްރާނީ ވަސީލަތްތައް ހަރުދަނާކުރުމަށާއި، ކަރަންޓު ވިއުގަ ގުޅުވާލުމާއި އޭގެ އިތުބާރު ބޮޑުކުރުމުގެ މަޤްޞަދުގައި މާލެއާއި ތިލަފުށި ދެމެދު އިންޓަކަނެކްޝަން ޤާއިމުކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމާއި ގުޅޭގޮތުންނެވެ.
މާލެ ސަރަޙައްދުގެ ކަރަންޓު ވިއުގަ އެއްވިއުގައަކުން ގުޅާލުމަކީ ހަކަތައިގެ ޚިދުމަތް މެދުކެނޑުމެއްނެތި، އިތުބާރާއެކު ރައްޔިތުންނަށާއި ސިނާޢީ މަސައްކަތްތަކަށް ފޯރުކޮށްދިނުމަށް ޓަކައި ސަރުކާރުން އިސްކަންދެއްވައިގެން ކުރިއަށްގެންދަވާ މުހިންމު ސިޔާސަތެކެވެ.