Ads by Stelco

ޚަބަރު

މަތިވެރި ވޭސްޓް މެނޭޖްމެންޓު ސެންޓަރުގެ ބިންގާ އަޅައިފި

މަތިވެރި ވޭސްޓް މެނޭޖްމެންޓު ސެންޓަރުގެ ބިންގާ އަޅައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، މަތިވެރީ މަތިވެރި ވޭސްޓް މެނޭޖްމެންޓު ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި : ފޮޓޯ- ފަރުދުން

farudhun logo

ފަރުދުން

20 އޯގަސްޓު 2025، 09:42

20 އޯގަސްޓު 2025، 09:42

އއ. މަތިވެރީ ކުނި މެނޭޖްކުރާ މަރުކަޒުގެ ބިންގާ އަޅުއްވައިފިއެވެ. މަތިވެރީގައި ކުރިއަށްދިޔަ މި ރަސްމިއްޔާތު
ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. 

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އޮނަރަބަލް ޠާރިޤް އިބްރާހީމާއ،ި މަތިވެރީ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އަލްފާޟިލް ހަސަން ޒަރީރުއާއ،ި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއާއި ސަރުކާރުގެ ވަޒީރުންނާއި އެކި މުޢައްސަސާތަކުގެ އިސްވެރިންނާއި މަތިވެރި ކައުންސިލުން  ބައިވެރިވެވަޑައިގެންނެވިއެވެ. 

މި މަސައްކަތް އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 1.06 މިލިޔަން ރުފިޔާއަށް، 120 ދުވަހުގެ ތެރޭގައި ނިންމުމަށެވެ. މި
މަޝްރޫޢުގެ ދަށުން ކުނި މެނޭޖުކުރާ މަރުކަޒު މަރާމާތު ކުރުމާއ،ި ކުނީގެ ގޮތުގައި އުކާލެވޭ ނުރައްކާތެރި ތަކެތި ރައްކާކުރާނެ ތަނެއް ހެދުމާއ،ި ވެއަރ ހައުސްއެއް ބިނާކުރުމާއ،ި ލޭންޑްސްކޭޕިންގެ މަސައްކަތްތަކާއި މިހާރު ހުރި ބައުންޑަރީ ފެންސް މަރާމާތުކުރުން ކުރިއަށްދާނެއެވެ. 

1080 މީހުންގެ އާބާދީއެއް ދިރިއުޅޭ މަތިވެރީގެ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި މައިގަނޑު ގޮތެއްގައި ބަރޯސާވަނީ ގެސްޓް
ހައުސް ވިޔަފާރިއަށެވެ. މި ރަށުގެ ކުނި މެނޭޖުކުރާ މަރުކަޒު އެންމެ ޒަމާނީ ފެންވަރަށް އަޕްގްރޭޑް ކުރެވުމުން، ރަށުގެ
ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން މަތިވެރީގެ ކުނި މެނޭޖުކުރާ މަރުކަޒުގެ
ޚިދުމަތްތައް އިތުރަށް ހަރުދަނާވެ، ތިމާވެށި ރައްކާތެރިކުރުމަށް އިތުރު ބާރެއް ލިބިގެންދާނެއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން