Ads by Stelco

ޚަބަރު

އއ.އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލާއި، ޢުމްރާނީ ވަސީލަތް ތަރައްޤީކުރަން އެފްޑީސީއާ ހަވާލުކޮށްފި

އއ.އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލާއި، ޢުމްރާނީ ވަސީލަތް ތަރައްޤީކުރަން އެފްޑީސީއާ ހަވާލުކޮށްފި

އއ.އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލް ޤާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން

farudhun logo

ފަރުދުން

19 އޯގަސްޓު 2025، 10:03

19 އޯގަސްޓު 2025، 10:03

އއ.އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލާއި، ޢުމްރާނީ ވަސީލަތް ތަރައްޤީކުރަން ފަހިދިރިއުޅުން ކޯޕަރޭޝަން އެފްޑީސީއާ ހަވާލުކޮށްފިއެވެ. 

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އއ.އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ފެރިދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. މިމަސައްކަތުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު، ޑރ. އިސްމާޢިލް ޝަފީޢުއެވެ. ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ރައްޒާންއެވެ. 

މި ދަތުރުފުޅުގައި ފެރިދޫގައި ހުންނަ އއ. އަތޮޅު މަދަރުސާގެ ހަތަރު ކުލާސްރޫމާއި މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫޢުގެ އިތުރުން އެރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައިވެއެވެ.  ހަމައެއާއެކު އެރަށު ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ޤާއިމުކުރުމާއި ފެރިދޫގައި ދޯނި އެހެލާ ސަރަޙައްދާއި ޕިކްނިކް އައިލެންޑް ތަރައްޤީ ކުރުމުގެ މަޝްރޫއު ވެސް ފައްޓަވާދެއްވާފައި ވެއެވެ.

އއ. އަތޮޅު މަދަރުސާގެ ހަތަރު ކުލާސްރޫމާއި މަލްޓިޕަރޕަސް ހޯލް އިމާރާތް ކުރުމުގެ މަޝްރޫޢު ހަވާލުކޮށްފައި ވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަންއާ އެވެ. ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތާއި ދޯނި އެހެލާ ސަރަޙައްދާއި ޕިކްނިކް އައިލެންޑް ތަރައްޤީ ކުރުމުގެ މަޝްރޫއު ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން