Ads by Stelco

ޚަބަރު

ހޯރަފުށީގެ ތިންވަނަ 'ބެރިއަރ އައިލެންޑު'ގެ މަސައްކަތް ނިންމާލައިފި

ހޯރަފުށީގެ ތިންވަނަ 'ބެރިއަރ އައިލެންޑު'ގެ މަސައްކަތް ނިންމާލައިފި

ގޮނޑުދޮށް ހިމާތަޔްކުރުމުގެ ގޮތުން ހޯރަފުށީގައި ހަދާފައިވާ "ބެރިއަރ އައިލެންޑު"ތައް، ފޮޓޯ: އެމްޓީސީސީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

18 އޯގަސްޓު 2025، 09:07

18 އޯގަސްޓު 2025، 09:07

ގޮނޑުދޮށް ހިމާތަޔްކުރުމުގެ ގޮތުން ހޯރަފުށީގައި ހަދަމުން ދިޔަ "ބެރިއަރ އައިލެންޑު"ތަކުގެ ތެރެއިން ތިންވަނަ ރަށުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އިން ނިންމާލައިފިއެވެ.

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ 2023 ސެޕްޓެންބަރު މަހުގެ 06ވަނަ ދުވަހުއެވެ. އަދި އެމްޓީސީސީއިން ވަނީ އެ މަހުގެ 20ވަނަ ދުވަހު އެ ސައިޓުގެ އަމަލީ މަސައްކަތް ފަށާފައެވެ.



މި މަޝްރޫޢުގެ ތެރޭގައި ހިމެނެނީ 2،915 އަކަމީޓަރުގެ ބިމެއް ހިއްކުމަށްފަހު، އެ ވެލިގަނޑު ހިމާޔާތްކުރުމަށް 50 މީޓަރުގައި ބޮޑު ހިލަ ޖެހުމާއި އަދި 210 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭޖް ޖެހުމެވެ. 

މި މަޝްރޫޢު ހިންގި ސަރަޙައްދުގައި މީގެ ކުރިން 2 ރަށެއް ހަދާފައިވެއެވެ. އެ ރަށްތަކުގައި މިހާރު ހުރީ ރުއް އިންދާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން