Ads by Stelco

ޚަބަރު

އދ. މާމިގިލީ ބޯޓުޔާޑްގައި އޮތް ދަގަނޑު ބޯޓެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި

އދ. މާމިގިލީ ބޯޓުޔާޑްގައި އޮތް ދަގަނޑު ބޯޓެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި

އަލިފާން ނިއްވުމުގައި ޙަރަކާތްތެރިވަނީ/ފޮޓޯ: އެމްއެންޑީއެފް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

17 އޯގަސްޓު 2025، 05:56

17 އޯގަސްޓު 2025، 05:56

އދ. މާމިގިލީ ބޯޓުޔާޑްގައި އޮތް ދަގަނޑު ބޯޓެއްގެ ވީލްހައުސްގައި ރޯވި އަލިފާން އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، މާމިގިލި ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، މާމިގިލީ ބޯޓުޔާޑްގައި އޮތް ދަގަނޑު ބޯޓެއްގެ ވީލްހައުސްގައި އަލިފާން ރޯވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، އދ.މާމިގިލި ފަޔަރ ސްޓޭޝަނަށް މިއަދު 15:28 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި މި މަޢުލޫމާތު ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

އެގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން، ބޯޓުގެ ވީލްހައުސްގައި ރޯވެފައިހުރި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ މިއަދު 15:30 ހާއިރުކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

އެމްއެންޑީއެފުން އިތުރަށް ވިދާޅުވީ، މި ހާދިސާ ހިނގަން މެދުވެރިވީ އެ ބޯޓުގެ ވީލްހައުސް މަތީގައި އިން އެންޓަނާއެއް ގޭސް ކަޓަރަކުން ކަނޑަން އުޅުމުގެތެރޭގައި ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން