ޚަބަރު
5 ރަށެއްގައި ކައުންސިލް ޢިމާރާތްކުރުމުގެ މަސައްކަތް އާރުސީސީއާ ހަވާލުކޮށްފި

5 ރަށެއްގައި ކައުންސިލް ޢިމާރާތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުން

ފަރުދުން
17 އޯގަސްޓު 2025، 10:12
17 އޯގަސްޓު 2025، 10:12
ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް ޢިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި މަޝްރޫޢޫތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާ އާއި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރު.ސީ.ސީ)އާއެކުއެވެ. އިއްޔެ ސޮއިކުރެވުނު މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މި ހިނގާ އޯގަސްޓް މަހުގެ ތެރޭގައި ފެށި، ކުރިއަށް އޮތް 11 ވަރަކަށް މަސްތެރޭ ނިންމުމަށް ކަނޑައެޅިފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި މަޝްރޫގެ ދަށުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް ޢިމާރާތްނިމޭ އިރު، ގޯތީގެ ވަށާފާރާއި، އޮފީހަށް ބޭނުންވާ ފަރުނީޗަރ ވެސް ލެވިފައި ހުންނާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެެ.
އާރުސީސީއާ މި މަޝްރޫޢު ހަވާލުކުރީ، ކުރިން މި މަޝްރޫޢު ހަވާލުކުރި މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލްއާއެކު ވެވުނު އެއްބަސްވުން ބާޠިލްކުރުމަށް ފަހުގައެވެ. ބާވެ ވީރާނާވެފައިވާ ކައުންސިލް ޢިމާރާތްތައް ތަރައްގީކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން 100 އަށް ވުރެ ގިނަ ރަށުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒަޢާމަތުގައި، ކައުންސިލް ޢިމާރާތް އެޅުމަށް ވަނީ ހަމަޖެހިފައެވެ.