Ads by Stelco

ޚަބަރު

ކައްދޫގައި ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް

ކައްދޫގައި ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް

ކައްދޫގައި ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

17 އޯގަސްޓު 2025، 08:42

17 އޯގަސްޓު 2025، 08:42

ލ. ކައްދޫގައި މިދިޔަ ހުކުރު ދުވަހުގެރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކުރި މީހާ 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ. 

މި އެކްސިޑެންޓު ހިނގާފައި ވަނީ ލ. ފޮނަދޫއިން ގަމަށް ދަތުރުކުރި ސައިކަލެއް، ކައްދޫ އެއަރޕޯޓަށްދާ މަގު ހުރަސްކުރަން އުޅުނު ދެ މީހެއްގެ ގައިގައި ޖެހިގެންނެވެ. މަގު ހުރަސްކުރަން އުޅުނު ދެ އަންހެނުންގެ ގައިގާ ސައިކަލުން ޖެހުނުއިރު އެ މީހުން ތިބީ ޒެބްރާ ކްރޮސް މަތީގައެވެ. އަދި އެ ވަގުތު ސައިކަލުގައި ވެސް ދެ މީހުން ތިއްބެވެ.

މި އެކްސިޑެންޓުގައި 4 މީހުންނަށް އަނިޔާވެފައިވާއިރު، މަގު ހުރަސް ކުރަން އުޅުނު ދެ މީހުންގެ ތެރެއިން އުމުރުން 64 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސައިކަލު ދުއްވަންއިން ލ. ފޮނަދޫ، ހޯރަ ވިލާ، އުމުރުން 34 އަހަރުގެ މުޙައްމަދު ނައުސާންއެވެ. 

އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަހަށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި ހާދިސާގައި ނިޔާވި މީހަކީ، މަގުމަތީގެ އެކްސިޑެންޓެއްގައި މި މަހު ނިޔާވި ދެވަނަ މީހާއެވެ. މި މަހުގެ ކުރީކޮޅު ފުވައްމުލަކުގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން 17 އަހަރުގެ ޒުވާނަކު ނިޔާވެފައިވެއެވެ. އެ އެކްސިޑެންޓު ހިނގީ ދުއްވާފައި ދަނިކޮށް ސައިކަލު ފާރުގައި ޖެހުމަށްފަހު، ކޮންޓްރޯލް ނުވެގެން ގޮސް އެ ސަރަޙައްދުގައި ހުރި މަގުބައްތީގެ ހޮޅިދަނޑީގައި ޖެހިގެންނެވެ. 

މީގެ އިތުރުން މާލޭގައި ހިނގި އެކްސިޑެންޓެއްގައި މިދިޔަ މަހު ވެސް 17 އަހަރުގެ ޒުވާނަކު ނިޔާވެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން