Ads by Stelco

ޚަބަރު

ވަޒީރު ޣައްސާނުގެ އިލްތިމާސެއް ސިފައިންނަށް، ނަފްސަށްވުރެ ޤައުމު އިސްކުރައްވާ

ވަޒީރު ޣައްސާނުގެ އިލްތިމާސެއް ސިފައިންނަށް، ނަފްސަށްވުރެ ޤައުމު އިސްކުރައްވާ

ވަޒީރު ޣައްސާން މައުމޫން ޢަބްދުލް ޤައްޔޫމް. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 އޯގަސްޓު 2025، 02:50

16 އޯގަސްޓު 2025، 02:50

ނަފްސަށްވުރެ ދިވެހި ޤައުމު އިސްކުރުމަށް ދިފާޢީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން ސިފައިންނަށް އިލްތިމާސްކުރައްވައިފިއެވެ.

 މި އިލްތިމާސް ވަޒީރު ކުރެއްވީ ތުރުކީވިލާތުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު "ދަރުމަވަންތަ" ޤައުމީ ދިފާޢީ ބާރާ ހަވާލުކޮށް ކޮމިޝަންކުރެއްވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ހަވާލުވެވަޑައިގަތީއްސުރެ އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒަކަށް ވެފައިވަނީ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމެވެ. 

ދިވެހި ތާރީޚުގައި ދިވެހި އަސްކަރިއްޔާއަށް ލިބުނު އެންމެ ބޮޑު މަނަވަރު މިއީ. ދުރު ރާސްތާތަކަށް ދަތުރުކޮށް ބަރު ހަތިޔާރާއެކު ހަރަކާތްތެރިވުމުގެ ޤާބިލުކަން ލިބިގެން އެބަދޭ،  

ވަޒީރު ޣައްސާން މައުމޫން

ވަޒީރު ޣައްސާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި މަނަވަރަކީ ރާއްޖޭގެ އަސްކަރިއްޔާގެ ކަނޑުގެ ޚިދުމަތުގެ ތާރީޚުގައި މިހާތަނަށް ނެރުނު އެންމެ ބޮޑު އަސްކަރީ މަނަވަރެވެ. އަދި މިއީ ޤައުމުގެ މިނިވަންކަން ދިފާޢުކޮށް، ކަނޑުފަޅުތަކާއި ދިވެހި ޤައުމުގެ މުއްސަނދިކަން ދެމެހެއްޓުމަށް މަސައްކަތްކުރާނެ މުހިންމު ވަސީލަތެއް ކަމުގައި ވިދާޅުވިއެވެ.

1980 ވަނަ އަހަރު އަސްކަރިއްޔާގެ ކަނޑުގެ ބާރު ވުޖޫދުވިއިރު ފެނިގެންދިޔައީ މަދު ވަސީލަތްތަކަކާއެކު ޤައުމީ ދިފާޢީ ބާރުން މަސައްކަތްކުރަމުންދިޔަ މަންޒަރު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ކަނޑުތަކާއި ދިވެހި ޤައުމުގެ ޚިދުމަތުގައި އަސްކަރިއްޔާގައި މަސައްކަތްކުރެއްވި ބޭފުޅުންގެ ހަނދާން އާކުރައްވައި، އެ ބޭފުޅުންގެ ޤައުމީ ޚިދުމަތުގެ އަގު ވަޒަންކުރައްވައި ޝުކުރު އަދާކުރެއްވިއެވެ.

ރަސްމިއްޔާތު ނިންމަވާލައްވަމުން ވަޒީރު ޣައްސާން ވަނީ ޤައުމުގެ ސިޔާދަތާއި އިސްތިޤުލާލު ޙިމާޔަތްކުރުމުގައި ސިފައިން އަބަދުމެ ދެމިތިބޭނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން