Ads by Stelco

ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14،500 އަށްވުރެ ގިނަ މީހުން މިހާތަނަށް ރަޖިސްޓާރކޮށްފައިވޭ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14،500 އަށްވުރެ ގިނަ މީހުން މިހާތަނަށް ރަޖިސްޓާރކޮށްފައިވޭ

އެންސްޕާގެ އޮފީސް. ފޮޓޯ: މިހާރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 އޯގަސްޓު 2025، 07:38

14 އޯގަސްޓު 2025، 07:38

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14،566 މީހުން މިދިޔަ މަހުގެ ނިޔަލަށް ރަޖިސްޓްރީވެފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

 މިއީ ޖޫން މަހާ އަޅާބަލާއިރު 154 މީހުންގެ އިތުރުވުމެކެވެ.

މި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރޭގައި 6،095 އަންހެނުންނާއި 8،471 ފިރިހެނުން ހިމެނެއެވެ. ދަފްތަރުގައި ހިމެނޭ 8 ގިންތީގެ ތެރެއިން އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެވެ. 

މި ގިންތީގައި 4،147 މީހުން ރަޖިސްޓްރީވެފައިވާއިރު، އޭގެ ތެރޭގައި 1،831 އަންހެނުންނާއި 2،316 ފިރިހެނުން ހިމެނެއެވެ.

މަލްޓިޕަލް ޑިސްއެބިލިޓީ ހުންނަ 3،273 މީހުންނާއި، ސިކުނޑީގެ ނުކުޅެދުންތެރިކަން ހުންނަ 1،889 މީހުން ރަޖިސްޓްރީވެފައިވެއެވެ. އަދި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ 1،854 މީހުންނާއި، އަޑުއިވުމާއި ވާހަކަދެއްކުމުގެ ނުކުޅެދުންތެރިކަން ހުންނަ 1،756 މީހުން ހިމެނެއެވެ. މީގެއިތުރުން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 1،006 މީހުންނާއި، އޯޓިޒަމް ހުންނަ 585 މީހުން އަދި އުނގެނުމުގެ ނުކުޅެދުންތެރިކަން ހުންނަ 56 މީހުން ދަފްތަރުގައި ރަޖިސްޓްރީވެފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ދިނުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޤައުމީ ދަފްތަރު" އެކުލަވާލާ، އެ ދަފްތަރު އަދާހަމަކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

މި މަޢުޟޫގައި ފާހަގަކޮށްލެވޭ ކަމަކީ، 2011 ވަނަ އަހަރުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެލަވަންސެއް ދޭން ފަށާފައިވާއިރު، 2023 ވަނަ އަހަރު ވަނީ މި އެލަވަންސް 3،000 ރުފިޔާއަށް އިތުރުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން