Ads by Stelco

ޚަބަރު

މިއަހަރުވެސް ހުޅުމާލޭގައި މަދިރި އާލާވުން މަދުކުރުމަށް "މަދިރިން ރައްކާ" ކެމްޕެއިން ފަށައިފި

މިއަހަރުވެސް ހުޅުމާލޭގައި މަދިރި އާލާވުން މަދުކުރުމަށް "މަދިރިން ރައްކާ" ކެމްޕެއިން ފަށައިފި

ހުޅުމާލޭގައި "މަދިރިން ރައްކާ" ކެމްޕެއިން ފެށުން

farudhun logo

ފަރުދުން

14 އޯގަސްޓު 2025، 04:10

14 އޯގަސްޓު 2025، 04:10

ހުޅުމާލޭގައި މަދިރި އާލާވުން މަދުކުރުމަށް ކުރިއަށްގެންދާ "މަދިރިން ރައްކާ" ކެމްޕެއިންގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ފޮގު ކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފިއެވެ.

އެޗްޑީީސީން ވިދާޅުވީ "މަދިރިން ރައްކާ" ކެމްޕެއިނަކީ މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތަކުން ސަލާމަތްވުމަށްޓަކައި، ހުޅުމާލޭގައި މަދިރި އާލާވާފަދަ ތަންތަން ދެނެގަނެ، މަދިރި އާލާވުން މަދުކުރުމަށް ކޮންމެ އަހަރުވެސް ޚާއްޞަ ސަމާލުކަމެއްދީގެން އެކުންފުނިން ކުރިއަށްގެންދާ ޕްރޮގުރާމެއްކަމަށެވެ.

އެގޮތުން، މަދިރިން ރައްކާ ކެމްޕެއިނުގެ ދަށުން، ހުޅުމާލޭގެ އެކި ސަރަހައްދުތައް ފޮގު ކުރުމުގެ މަސައްކަތް އެޗްޑީސީން އިއްޔެ ވަނީ ފަށާފައެވެ. ފޮގު ކުރުން ކުރިއަށްދާނީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ފަތިހު 05:00 އަދި ހަވީރު 05:30 ގައިކަމަށް އެކުންފުނިން ވިދާޅުވިއެވެ.

މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މިދުވަސްވަރު އިތުރުވެފައިވާއިރު ހުޅުމާލޭގައި މަދިރި އުފެދޭ ތަންތަން ދެނެގަނެ، އެފަދަ ބައެއް ތަންތަން ސާފުކޮށް ނައްތާލުމުގެ އިތުރުން، ބައެއް ސަރަހައްދުތަކަށް ކެމިކަލް އެޅުމުގެ މަސައްކަތްވެސް އެ ކޯޕަރޭޝަނުން ކުރަމުންދެއެވެ.

ފާއިތުވި އަހަރުތަކުގައިވެސް އެޗްޑީސީން ވަނީ ހެލްތު މިނިސްޓްރީއާއި އެޗްޕީއޭ ފަދަ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން، ހުޅުމާލޭގައި މަދިރި އާލާވުން މަދުކޮށް މަދިރި ކޮންޓްރޯލް ކުރުމަށް "މަދިރިން ރައްކާ" ކެމްޕެއިންގެ ދަށުން ސާފުކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. އަދި މަދިރި އާލާވުން މަދުރުކުރުމަށް ފަރުދީ ފެންވަރުގައިވެސް މަސައްކަތްކުރުމަށް އެޗްޑީސީން އެދިފައިވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން