Ads by Stelco

ޚަބަރު

އިސްރާއިލްގެ "ވިޝަން އޮފް ގްރޭޓަރ އިސްރާއިލް" ރައީސް މުޢިއްޒު ކުށްވެރިކުރައްވައިފި

އިސްރާއިލްގެ "ވިޝަން އޮފް ގްރޭޓަރ އިސްރާއިލް" ރައީސް މުޢިއްޒު ކުށްވެރިކުރައްވައިފި

ރައީސް މުޢިއްޒު ފަލަސްޠީނުގެ ރައީސް މަޙްމޫދް ޢައްބާސް އާއި އެކު. ފޮޓޯ: ރައީސް އޮފީސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 އޯގަސްޓު 2025، 04:10

14 އޯގަސްޓު 2025، 04:10

އިސްރާއިލްގެ ސަރުކާރުން “ވިޝަން އޮފް ގްރޭޓަރ އިސްރާއިލް” ގެ ނަމުގައި ކޮށްފައިވާ އިޢުލާނާއި، އެ ޤައުމުގެ އާބާދުކުރުމާއި ފުޅާކުރުމުގެ ޕްލޭންތައް ދިވެހިރާއްޖޭގެ ރައީސް ޑރ މުޙައްމަދު މުޢިއްޒު ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައިފިއެވެ. 

ރައީސް މުޢިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މިފަދަ ވިސްނުންތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަންތައްތަކެއް ކަމަށާއި މިފަދަ ކަންކަމުގެ ސަބަބުން ފަލަސްޠީނު ރައްޔިތުންގެ އަމިއްލަ ނިންމުންތައް ނިންމުމުގެ ޙައްޤު ނިގުޅައިގަނެވޭ ކަމަށެވެ.

އަދި ޣައްޒާގައި އިތުރުވަމުންދާ ހަނގުރާމައިގައި ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކޮށް، އެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ވޭނަށް ނިމުމެއް ގެނައުމަށް އަވަސް، އެކުވެރި ބައިނަލްއަޤްވާމީ ފިޔަވަޅުތަކެއް އެޅުމަށް ރައީސް މުޢިއްޒު ވަނީ ގޮވާލައްވާފައެވެ.

އަދި ދިވެހިރާއްޖެއިން ފަލަސްޠީނާއެކު ސާބިތުކަމާއެކު ދެމިއޮވެ ޢަދުލުވެރި، ފުރިހަމަ އަދި ދެމެހެއްޓެނިވި ސުލްޙައެއް ހޯދުމަށް ކުރެވޭ އެންމެހައި މަސައްކަތްތަކަށް ތާއީދުކުރާކަން ރައީސް މުޢިއްޒު ވަނީ ތަކުރާރުކުރައްވައިފައެވެ.

 ދިވެހިރާއްޖެއިން ވަނީ ފަލަސްޠީނުގެ މައްސަލައިގައި އެ ޤައުމުގެ ރައްޔިތުންގެ ޙައްޤުތަކަށް ތާއީދުކޮށް، އިސްރާއިލްގެ އަނިޔާވެރި ޢަމަލުތައް ތަކުރާރުކޮށް ކުށްވެރިކޮށްފައެވެ.

 އިސްލާމީ ޤައުމުތަކުން ދަނީ އިސްރާއިލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ގެ ވިސްނުމުގެ ދަށުން ފަލަސްޠީނުގެ ބިން އިސްރާއިލަށް ނެގުމަށް ކުރާ މަސައްކަތުގެ ދަށުން ފެށުމަށް ނިންމާފައިވާ "ވިޝަން އޮފް ގްރޭޓަރ އިސްރާއިލް" ކުށްވެރިކުރައްވައިފައެެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން