Ads by Stelco

ޚަބަރު

އަޅުގަނޑު އެދެނީ ކަރެކްޝަންސްއިން ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް އޮތްތަނުގައިވެސް އަދާކުރާނެ ބަޔަކަށްވުން: ވަޒީރު އިހުސާން

އަޅުގަނޑު އެދެނީ ކަރެކްޝަންސްއިން ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް އޮތްތަނުގައިވެސް އަދާކުރާނެ ބަޔަކަށްވުން: ވަޒީރު އިހުސާން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ "ސެންޓްރަލް ސެކިއުރިޓީ ކޮމާންޑް"ގެ ސެންޓްރަލް ސީސީޓީވީ މޮނީޓަރިންގ ރޫމް ހުޅުވުން

farudhun logo

ފަރުދުން

14 އޯގަސްޓު 2025، 03:25

14 އޯގަސްޓު 2025، 03:25

ކަރެކްޝަނަލް ސަރވިސް އަކީ ދައުލަތުގެ ވަރަށް މުހިންމު ޒިންމާއެއް އަދާކުރަމުންދާ މުއައްސަސާއެއްކަމަށާއި ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް އޮތްތަނުގައިވެސް އަދާކުރާނެ ބަޔަކަށް ވުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން އިލްތިމާސްކުރައްވައިފިއެވެ.

 މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް 54 އަހަރު ފުރުމާ ގުޅިގެން ދެއްވި ވީޑިއޯ މެސެއްގައި ވަޒީރު ވިދާޅުވީ، ގައިދުކޮށްގެން ގެންގުޅޭ ފަރާތްތަކަށް ދޭންޖެހޭ ޚާއްސަ ފަރުވާތަކާއި އަދި އެ ފަރާތްތައް ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށްގެން މުޖުތަމަޢަށް އަނބުރާ ގެނައުމުގަ ކަރެކްޝަން އަދާކުރަނީ ޤައުމީ ޒިންމާއެއް ކަމަށެވެ. އެކަމުގައި މި ސަރުކާރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ބޭނުންވާ ވަސީލަތްތައް ފަހިކޮށްދެއްވަމުންދާކަން އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ. 



ވަޒީރު ވިދާޅުވީ މިވީހާތަނަށްވެސް ކަރެކްޝަންސްއިން ކުރައްވަމުން ގެންދަވާފައިވަނީ ވަރަށް ޒިންމާދާރު މަސައްކަތްތަކެއް ޒިންމާދާރު ކަމާއެކީގައި ކަމަށެވެ. އެހެންކަމުން އެމަސައްކަތްތަށް އެބީދައިން ކުރިއަށް ގެންދިއުމަށް ވަޒީރު ވަނީ ނަސޭޙަތްތެރިވެފައެވެ. ވަޒީރުގެ ވީޑިއޯ މެސެޖުގައި، ކަރެކްޝަންސްގެ މުވައްޒަފުންނާއި ޢާއިލާތަކަށް 54ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވެއެވެ. 


Ads by MSS

މި ލިޔުން ކިޔާލުމުން