ޚަބަރު
ހިތާދޫ ސްކޫލުގެ މަލްޓީޕާޕަސް ހޯލްއާއި އެރަށުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހިތާދޫގެ ތަރައްޤީ އަށް މުހިންމު ދެމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން: ފޮޓޯ- ފަރުދުން

ފަރުދުން
13 އޯގަސްޓު 2025، 12:28
13 އޯގަސްޓު 2025، 12:28
ބ.ހިތާދޫ ސްކޫލުގެ މަލްޓީޕާޕަސް ހޯލްއާއި އެރަށުގެ ބިން ހިއްކުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއި ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ބ.އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ހިތާދޫއަށް ވަޑައިގެން ރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
މި ރަސްމިއްޔާތުގައި ބ. ހިތާދޫގެ ތަރައްޤީ އަށް މުހިންމު ދެމަޝްރޫޢުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. އެގޮތުން އެރަށު ސްކޫލުގެ މަލްޓިޕަރޕަސް ހޯލު ބިނާކުރުމާއި، އެރަށު ބިންހިއްކުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެއެވެ. ސްކޫލުގެ މަޝްރޫޢު އެފްޑީސީއާ މިއަދު ޙަވާލުކުރެވުނު އިރު، ބިންހިއްކުމުގެ މަޝްރޫޢު ޙަވާލުކުރެވުނީ އެމްޓީސީސީ އާއެވެ.
ހިތާދޫގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ސްކޫލުގައި މަލްޓިޕާޕަސް ހޯލު ޤާއިިމްކުރުމުގެ އެއްބަސްވުމުގައި އެފްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލްއެވެ. އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން މިނިސްޓަރ އިސްމާޢީލް ޝަފީއު މި އެއްބަސްވުމުގައި ސޮއި ކުރެއްވިއެވެެ.
މީގެ އިތުރުން ސޮއިކުރެވުނު ބިން ހިއްކުމުގެ މަޝްރޫޢުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ ޢަބްދުލް މުއްޠަލިބް ސޮއިކުރައްވާފައިވާއިރުު ކޮންޓްރެކްޓަރ ކަމުގައިވާ ކުންފުނި އެމްޓީސީސީން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ރިޓަޔަރޑް އަހުމަދު ސަޢުދީއެވެ.
ހިތާދޫގެ ތަރައްޤީއަށް މުހިންމު މިމަޝްރޫޢުތައް ވީހައިވެސް އަވަހަކަށް ރައްޔިތުން ބޭނުންވާ ގޮތަށް ނިމިގެންދާނެކަމުގެ ޔަޤީންކަން ރައިސް ވަނީ ދެއްވާފައެވެ.