Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ، ހިތާދޫ ކައުންސިލާއި ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ހިތާދޫ ކައުންސިލާއި ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ހިތާދޫ ކައުންސިލާއި ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

13 އޯގަސްޓު 2025، 12:33

13 އޯގަސްޓު 2025، 12:33

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލް އިދާރާގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމުގައި، އެރަށުގެ ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ވަނީ، ރަށުގެ ބިމުގެ ޖާގައިގެ ދަތިކަން އޮތުމާއި، ބޯހިޔާވަހިކަމަށް އަމާޒުކޮށް ރަށުގައި ފުރުސަތުތައް ގާއިމުކުރުމާއި، ބަނދަރުގެ ދަތިކަމާއި، ނެރުފައިކަށި މިހާރު ކަނޑައަޅާފައިވާ މިންވަރަށް ވުރެ އިތުރަށް ހަރުކުރުމަށް ރައީސްގެ އަރިހުން ދަންނަވާފައެވެ. ހަމަ މިއާއެކު ކައުންސިލް މެންބަރުން ވަނީ، ރަށުގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް ހުރި ހުރަސްތައް ފާހަގަކުރައްވާ، ރަށް ގިރުމުގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ޒުވާނުންގެ ފަރާތުން ހުށައެޅި ކަންކަމުގެ ތެރޭގައި ޒުވާނުންގެ މަރުކަޒެއް ޤާއިމުކުރުން ހިމެނެއެވެ. ރަށުގެ މުއައްސަސާތަކަށް ދިމާވެފައިވާ ބައެއް ދަތިތައް ހިއްސާ ކުރަމުން މި ބައްދަލުކުރެއްވުމުގައި ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި މަރުކަޒުގެ މުވައްޒަފުންގެ ދަތިކަން އެ ބޭފުޅުން ހިއްސާކުރެއްވިއެވެ. މީގެ އިތުރުން، ހިތާދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވުމަށް ވެސް އެދިވަޑައިގެންފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން