Ads by Stelco

ޚަބަރު

ޒަކާތު ސްކޮލާރޝިޕް ހޮނިހިރުގައި ހަވާލުކުރަނީ

ޒަކާތު ސްކޮލާރޝިޕް ހޮނިހިރުގައި ހަވާލުކުރަނީ

ދިވެހި ރާއްޖޭގެ އިސްލާމީ ޔުނަވާރސިޓީގެ ދަސްވެނިވުން---

farudhun logo

ފަރުދުން

13 އޯގަސްޓު 2025، 08:17

13 އޯގަސްޓު 2025، 08:17

ޒަކާތު ސްކޮލާރޝިޕް އަންނަ ހޮނިހިރުގައި ހަވާލުކުރައްވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަޙީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، މި ސްކޮލާރޝިޕްތަކަކީ ޒަކާތު ފަންޑުން ސްކޮލާރޝިޕް ދިނުން މެދުކެނޑިފައި އޮންނަތާ 7 އަހަރު ފަހުން ދެވޭ ސްކޮލާރޝިޕްތަކެއް ކަމަށެވެ. 

އަދި މި ފަހަރުގެ ސްކޮލާރޝިޕް ޙާއްސަ ކުރެވިފައިވަނީ އިސްލާމީ ދާއިރާތަކަށްކަމަށް ވުމުން، މިއީ މި ދާއިރާއިން މަތީ ތަޢުލީމަށް މިހާ ގިނަ ފުރުސަތު ފޯރުކޮށްދިން ފުރަތަމަ ފަހަރު ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ސްކޮލަރޝިޕް މިދެވެނީ މިކަން މެދުކެނޑިފަ އޮންނާތާ 7 އަހަރު ފަހުން. މިފަހަރު ސްކޮލަރޝިޕް ދެވެނީ އިސްލާމީ ދާއިރާތަކުން މަތީ ތައުލީމަށް. މިއީ އިސްލާމީ ދާއިރާތަކުން މިހާ ގިނަ އަދަދަދަކަށް މަތީ ތައުލީމަށް ސްކޮލަރޝިޕް ދެވޭ ފުރަތަމަ ފަހަރު.  

ވަޒީރު ޝަޙީމް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ފަހަރު ޖުމްލަ 50 ސްކޮލާރޝިޕް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި، މި ސްކޮލާރޝިޕްތައް ދޭނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މި ސްކޮލަރޝިޕަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ އޭޕްރީލްމަހުއެވެ. އަދި ސްކޮލަރޝިޕްއަށް އެދުމުގެ ފުރުޞަތު މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ވަނީ ހަމަވެފައެވެ.

ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ޒަކާތު ފަންޑުން ހުޅުވާލި 50 ސްކޮލަރޝިޕް ފުރުސަތުގެ ތެރެއިން 20 ފުރުސަތު ރާއްޖޭގައި ކިޔެވުމަށް ހުޅުވާލާފައިވެއެވެ. އަދި 30 ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖެއިން ބޭރުގައި ކިޔެވުމަށެވެ. އެއީ މެލޭޝިއާ، ބުރުނާއީ ސައުދީ އަރަބިއްޔާ، މިސްރުގެ އިތުރުން ސާކް ޤައުމުތަކުގައި ކިޔެވުމަށެވެ. އެގޮތުން މެލޭޝިއާ އާއި ބުރުނާއީގައި ކިޔެވުމަށް 17 ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖެއިން ބޭރުގައި ކިޔެވުމަށް ހުޅުވާލާފައިވާ 30 ފުރުޞަތުގެ ތެރެއިން 13 ފުރުސަތަކީ މަތީ ތަޢުލީމު ހާސިލްކުރުމަށްދޭ ޚާއްޞަ ސްކޮލަރޝިޕްގެ ފުރުސަތުތަކެއްކަމަށެވެ. މި 13 ފުރުސަތު ހުޅުވާލާފައިވަނީ ސާކްގެ ޤައުމުތަކުގެ އިތުރުން މިޞްރުގެ އަލް-އަޒްހަރު ޔުނިވަރސިޓީ އާއި ސަޢުދީ ޢަރަބިއްޔާގެ މަދީނާ ޔުނިވަރސިޓީ އާއި ޤަސީމް ޔުނިވަރސިޓީ، އުއްމުލްޤުރާ ޔުނިވަރސިޓީ، އަބްހާ ޔުނިވަރސިޓީގެ އިތުރުން ކިންގް އަބްދުލްޢަޒީޒް ޔުނިވަރސިޓީން ތަޢުލީމު ހާސިލްކުރުމަށެވެ.

މީގެއިތުރުން ޔޫރޮލޮޖީ، ޔޫރޮލޮޖިކަލް ސާރޖަރީ، ޕީޑިއެޓްރިކް ނިއުރޮލޮޖީ އަދި ނިއުރޮލޮޖީ މިއިން ކޮންމެ ދާއިރާއަކުން ސުޕަރ ސްޕެޝަލިސްޓަކަށްވުމަށް އެއް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި ޝަރީއާ، އަލްޤަޟާ، ތަފްސީރު، ހަދީޘް، އުލޫމުލް ޤުރުއާން، ޢަރަބި، އުސޫލުއްދީން، އިސްލާމީ މާއްދާތައް ހިމެނޭހެން ކިޔަވާ އެހެނިހެން ދާއިރާތަކުން ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންނަށް، އެ ދަރިވަރަކު ތަޢުލީމު ޙާޞިލްކުރަމުންދާ މަރުކަޒުންދޭ ޚަރަދުތައް ފިޔަވައި އެހެނިހެން ޚަރަދުތައް ހަމަޖެއްސުމަށް (ސްޓައިޕެންޑް) 10 ފުރުސަތު ދޭ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން