Ads by Stelco

ޚަބަރު

ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސްގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް

ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސްގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް

ޒަކާތު ހައުސްއާއި ބީއެމްއެލް އާއި ދެމެދު އެއްބަސްވުމުގައި ސޮއިކުރެވުން. ފޮޓޯ: ބީއެމްއެލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 އޯގަސްޓު 2025، 05:22

12 އޯގަސްޓު 2025، 05:22

ޒަކާތު ހައުސްއިން އިންތިޒާމުކޮށްގެން މި މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ޒަކާތު ކޮންފަރެންސްގެ ޕްލެޓިނަމް ޕާޓްނަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިސްލާމިކް ހަމަޖައްސައިފިއެވެ.

މި އަހަރުގެ ކޮންފަރެންސްގެ ތީމަކީ "ޒަކާތު ފޯ ސޯޝަލް ޖަސްޓިސް އެންޑް ޑިޖިޓަލް އިންކްލޫޝަން: އެޑްވާންސިންގ ސޯޝަލް ވެލްފެއަރ ތުރޫ އިނޮވޭޝަން" އެވެ. މި ކޮންފަރެންސަކީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި ޒަކާތުގެ ނިޒާމެއް ކުރިއެރުވުމުގެ މަގުސަދުގައި ބާއްވާ މުހިންމު ބައްދަލުވުމެކެވެ.

ކޮންފަރެންސްގައި ޢިލްމުވެރިންނާއި، ޒަކާތުގެ މަސައްކަތުގެ ބައިވެރިންނާއި ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކާއި، މުޖުތަމަޢުގެ އިސްވެރިން ބައިވެރިވެ، އިޖްތިމާއީ ދުޅަހެޔޮކަމާއި އިގްތިސާދީ ހަމަޖެހުމަށް މުހިންމު ވަސީލަތެއްގެ ގޮތުގައި ޒަކާތުގެ ހިންގުން ހަރުދަނާކުރުމުގެ ސްޓްރެޓެޖީތައް ދެނެގަނެވޭނެއެވެ.

ބީއެމްއެލްއަކީ ރާއްޖޭގައި އިސްލާމިކް ކްރެޑިޓްކާޑު ދޫކުރާ ހަމައެކަނި ބޭންކެވެ. އަދި އިސްލާމިކް އޯވަރޑްރާފްޓް ފައިނޭންސިންގ، ކޭޝް ފައިނޭންސިންގ އަދި ހައިބްރިޑް ހޯމް ފައިނޭންސިންގގެ އިތުރުން އިސްލާމިކް ޑެބިޓް ކާޑު ރާއްޖެއަށް ތަޢާރަފުކުރި ފުރަތަމަ ބޭންކަކީވެސް ބީއެމްއެލްއެވެ.

މިއަހަރަކީ ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަސް ކަމަށްވުމާއެކު، އެކަން ފާހަގަކުރުމުގެ ގޮތުން 10 ކަސްޓަމަރަކަށް ހައްޖު ދަތުރު ލިބޭ ޚާއްސا ޕްރޮމޯޝަނެއް ބޭންކުން ވަނީ ތަޢާރަފުކޮށްފައެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ބީއެމްއެލް އިސްލާމިކްގެ ޚިދުމަތް ބޭނުންކުރާ އަދި އަލަށް ބޭނުންކުރަން ފަށާ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން