Ads by Stelco

ޚަބަރު

"އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ" ގެ ނަން "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" އަށް ބަދަލުކޮށްފި

"އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ" ގެ ނަން "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" އަށް ބަދަލުކޮށްފި

އީޕީއޭގެ އިހުގެ ނަމާއި ލޯގޯ. އައު ނަމާއި ލޯގޯ އަދި އަޕްޑޭޓް ނުކުރޭ.

farudhun logo

ފަރުދުން

12 އޯގަސްޓު 2025، 03:02

12 އޯގަސްޓު 2025، 03:02

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިންގަމުން ގެންދާ "އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ" ގެ ނަން، "އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ" އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބަދަލުކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން، މި ބަދަލު ގެންނަވާފައިވާކަން އިޢުލާން ކުރައްވާފައިވަނީ، ދެންނެވުން ނަންބަރު 14/2025 ގައެވެ.

މި ބަދަލާ ގުޅިގެން، ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގޭ އިދާރާއެއްގެ ގޮތުގައި އެ އިދާރާ އޮތް އޮތުން ނިމުމަކަށް ގެނެވި، އެއީ ސީދާ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިންގޭ އިދާރާއެއްގެ ގޮތުގައި ވަނީ ކަނޑައަޅުއްވާފައެވެ.

ރައީސްއޮފީހުން ހާމަކޮށްފައިވާ ގޮތުގައި، އެއިދާރާގެ ނަން ބަދަލުކުރުމުގެ މަޤުޞަދަކީ، އެއިދާރާއިން ކުރަމުންގެންދާ މަސައްކަތްތަކާ ވީހާވެސް ގުޅުންހުރި ނަމެއް ދިނުމާއި، އެ އިދާރާގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާކޮށް، ހަލުވިކުރުމެވެ. ނަމަވެސް، އެއިދާރާގެ ވެބްސައިޓަށް އަދި މިބަދަލު ގެނެސްފައެއް ނެތެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން