ޚަބަރު
ތުޅާދޫ ކަލްޗަރަލް ސެންޓަރާއި އެއަރޕޯޓު ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ތުޅާދޫ ކަލްޗަރަލް ސެންޓަރާއި އެއަރޕޯޓު ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން

ފަރުދުން
12 އޯގަސްޓު 2025، 12:33
12 އޯގަސްޓު 2025، 12:33
ބ. އަތޮޅު ތުޅާދޫ ކަލްޗަރަލް ސެންޓަރާއި އެއަރޕޯޓު ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ތުޅާދޫޫގައި ޤާއިމްކުރާ ކަލްޗަރަލް ސެންޓަރާއި އެއަރޕޯޓް މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދުު މުޢިއްޒު ބ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެތެރެއިން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިންނެވެ.
ކަލްޗަރަލް ސެންޓަރުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުﷲ ޝިޔާޒް އަދި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ރިޓަޔަރޑް އަޙުމަދު ސަޢުދީއެވެ. އެއަރޕޯޓު މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ.ޢަބްދުﷲ މުއްތަލިބް އަދި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ރިޓަޔަރޑް އަޙުމަދު ސަޢުދީއެވެ. މި ދެ މަޝްރޫޢަކީވެސް ތުޅާދޫގެ ތަރައްޤީއާއި ގުޅިފައިވާ މުހިންމު ދެ މަޝްރޫޢެވެ.
ބ. ތުޅާދޫގައި ޤާއިމުކުރެވިގެންދާ އެއަރޕޯޓަކީ 1800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭ އަކާއެކު ކޯޑް 3C އަށް ޤާއިމުކުރެވޭ އެއަރޕޯޓެކެވެ. އަދި މިއަދު ސޮއެކުރެވުނު އެއްބަސްވުމުގެ ދަށުން އެއަރޕޯޓު ޤާއިމުކުރުމަށްޓަކައި 55.4 ހެކްޓަރުގެ ބިން ހިއްކައި، 2804 މީޓަރުގެ ރޮކް ރިވެޓްމެންޓް އަދި 1677 މީޓަރުގެ ޖިއޯ ބޭގް ރެވެޓްމެންޓް ޖެހިގެން ދާނެކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ކުރީ ސަރުކާރުގައި 2023 ވަނަ އަހަރު ތުޅާދޫ އެއާޕޯޓު ތަރައްގީކުރަން ބިން ހިއްކުމަށް އެއްބަސްވުމުގައި ސޮއިކުރިއެވެ. ނަމަވެސް އެ މަސައްކަތް އޮތީ ނުފެށިއެވެ. މި ސަރުކާރުންވަނީ އެ އެއްބަސްވުން ބާތިލުކޮށް އަލުން މަޗްރޫޢު ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ތުޅާދޫގައި ތަރައްޤީކުރާ އެއަރޕޯޓުގައި ރަންވޭއާއި، ޓަރމިނަލްގެ އިތުރުން މުހިންމު ފެސިލިޓީތަށް ލިބެންހުންނާނެއެވެ.