ވިޔަފާރި / ޚަބަރު

އިންކަމް ޓެކްސްގެ ގޮތުގައި ޖުލައި މަހު 1.6 ބިލިއަން ރުފިޔާ

އިންކަމް ޓެކްސްގެ ގޮތުގައި ޖުލައި މަހު 1.6 ބިލިއަން ރުފިޔާ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ---

farudhun logo

ފަރުދުން

11 އޯގަސްޓު 2025، 09:13

11 އޯގަސްޓު 2025، 09:13

މި އަހަރުގެ ޖުލައި މަހު އިންކަމް ޓެކްސްގެ ގޮތުގައި ދައުލަތަށް 1.6 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް، މޯލްޑިވްސް އިންލެންޑު ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިދިޔަ ޖުލައި މަހު ދައުލަތަށް ލިބިފައިވާ އާމްދަނީ ވަނީ، އުއްމީދުކުރި ވަރަށްވުރެ އިތުރުވެފައިކަމަށް ވެސް މީރާއިން ވަނީ ހާމަކޮށްފައެވެ. އެގޮތުން ޖުލައި މަހު ޖުމްލަ އާމްދަނީގެ ގޮތުގައި 3.39 ބިލިޔަން ރުފިޔާ ވަނީ ދައުލަތަށް ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ޖުލައި މަހަށް ވުރެ ދައުލަތުގެ އާމްދަނީ އިތުރުވި މަހެއްކަމަށް ވެސް ހިސާބުތައް ދައްކައެވެ. މިދިޔަ އަހަރުގެ ޖުލައި މަހު ދައުލަތަށް ލިބުނީ 2.93 ބިލިއަން ރުފިޔާއެވެ.

މީރާގެ ރިޕޯޓުން އެނގޭ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑުބައެއް ޙިއްސާކުރަނީ ޑޮލަރުގެ އާމްދަނީއެވެ. އެގޮތުން ޖުލައި މަހު ޑޮލަރުގެ އާމްދަނީގެ ގޮތުގައި 105.85  މިލިއަން ޑޮލަރު ލިބުނުއިރު މިދިޔަ އަހަރު މިމުއްދަތުގައި ލިބިފައިވަނީ 75.7 މިލިއަން ޑޮލަރެވެ.

މީގެ ކުރިން ވިޔަފާރީގެ ނަފާއިން ނަގަމުންދިޔަ ޓެކުހާއި، ދިވެހިރާއްޖޭގައި ހިނގަމުންދާ ވިޔަފާރި ބޭންކްތަކުގެ ފައިދާއިން ނަގާ ޓެކްސް މިހާރު ނަގަމުން ދަނީ 2020 ވަނަ އަހަރު ޢަމަލުކުރަން ފެށީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުންނެވެ. މިދިޔަ މަހު އިންކަމް ޓެކްސް ބައިން އެންމެ ބޮޑު އާމްދަނީ ލިބިފައިވަނީ ކުންފުނިތަކާއި އާންމުން ފަރުދުން ނޫން ފަރާތްތަކުން ދައްކާފައި ޓެކުހުންނެވެ. މިބައިން 1.04 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. ބޭންކުތަކުގެ ވިޔަފާރި ފައިދާން ޓެކުހުގެ ގޮތުގައި މިދިޔަ ޖުލައި މަހު ލިބިފައި ވަނީ 440.7 މިލިޔަން ރުފިޔާއެވެ.

މީރާއިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ޖުމްލަ އާމްދަނީއަށް ވުރެ މި އަހަރުގެ ޖުލައި މަހު ދައުލަތުގެ އާމްދަނީ ވަނީ 15.4 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިއެވެ.  މިކަމުގެ ސަބަބަކީ ރާއްޖެ އައި ފަތުވެރިން އިތުރުވެފައިވުމުންނެވެ. އެގޮތުން މިއަހަރު ފަތުރުވެރި ކަމުގެ ސިނާޢަތުން ލިބުނު ޓީ-ޖީއެސްޓީ، ގްރީން ޓެކްސް އަދި އެއަރޕޯޓު ފީތައް މިދިޔަ އަހަރާއި އަޅާ ބަލާއިރު އިތުރުވެ. 

މިއަހަރު ޖުލައި މަހު ލިބުނު އާމްދަނީގެ ތެރެއިން ޓެކްސް އާމްދަނީގެ ގޮތުގައި 3.03 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރު ލިބިފައިވަނީ 2.5 ބިލިޔަން ރުފިޔާއެވެ. މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިދިޔަ އަހަރު 346.3 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު މިމިމުއްދަތުގައި 355.1 މިލިޔަން ރުފިޔާ އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން