ޚަބަރު
ތުޅާދޫ އެއަރޕޯޓު ޤާއިމުކުރުމަށް ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ތުޅާދޫ އެއަރޕޯޓު ޤާއިމުކުރުމަށް ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން
ހުލާސާ
ބ.ތުޅާދޫގައި ޤާއިމްކުރާ ޑޮމެސްޓިކް އެއަރޕޯޓެއް ޤާއިމްކުރުމުގެ މަޝްރޫޢާއި ގުޅިގެން އެއަރޕޯޓަށް ބޭނުންވާ ބުން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު އިމާރާތްކުރުމާ ބޯހިޔާވަހިކަމާ ބެހޭ ވުޒާރާގައި ބޭއްވުނު ރަސްމިއްޔާތުގައެެވެ.
މިރަސްމިއްޔާތުގައި ވަނީ ބ. ތުޅާދޫގައި ޑޮމެސްޓިކް އެއަރޕޯޓެއް ޤާއިމުކުރުމުގެ މަޝްރޫޢާއި ގުޅިގެން އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއެކުރެވިފައެވެ. މި އެއްބަސްވުމުގައި ސޮއެ ކުރެވިފައިވަނީ ބ. ތުޅާދޫގައި ޑޮމެސްޓިކް އެއަރޕޯޓެއް ޤާއިމުކުރުމަށް ބިން ހިއްކުމުގެ ގޮތުން 2023 ގައި ސޮއެކުރެވުނު އެއްބަސްވުން ބާތިލުކުރުމަށް ފަހުގައި ކަން ފާހަގަކޮށްލަން ޖެހެއެވެ.
ބ. ތުޅާދޫގައި ޑޮމެސްޓިކް އެއަރޕޯޓެއް ޤާއިމުކުރުމުގެ މަޝްރޫޢަކީ "ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަޙައްދަކުންވިޔަސް އެންމެ ގިނައިރު ވެގެން 30 މިނެޓުން ފޯރާނެ ދުރުމިނެއްގައި ޑޮމެސްޓިކް އެއަރޕޯޓެއް ޤާއިމުކޮށް، ޤައުމީ ޑޮމެސްޓިކް އެއަރޕޯޓް ވިއުގާ ފުޅާކުރުން" މި ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢެކެވެ.
މިގޮތުން އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމަކީ 570,260,350.80 ރުފިޔާގެ އަގަކަށް އަދި 660 ދުވަހުގެ މުއްދަތަކަށް ސޮއެކުރެވިފައިވާ އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގައި ސޮއެކުރައްވާފައިވަނީ އިމާރާތްކުރުމާ ބެހޭ ވުޒާރާގެ ގެ ފަރާތުން އެވުޒާރާގެ ސްޓޭޓް އަލްފާޟިލް ހަސަން ރަޝީދު އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕވޓ ލޓޑގެ ފަރާތުން އެކުންފުނީގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޖަމްޝީދެވެ.
ބ. ތުޅާދޫގައި ޑޮމެސްޓިކް އެއަރޕޯޓެއް ޤާއިމުކުރުމުގެ މަޝްރޫޢަކީ "ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަޙައްދަކުންވިޔަސް އެންމެ ގިނައިރު ވެގެން 30 މިނެޓުން ފޯރާނެ ދުރުމިނެއްގައި ޑޮމެސްޓިކް އެއަރޕޯޓެއް ޤާއިމުކޮށް، ޤައުމީ ޑޮމެސްޓިކް އެއަރޕޯޓް ވިއުގާ ފުޅާކުރުން" މި ސިޔާސަތުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢެކެވެ.
މިގޮތުން އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމަކީ 570,260,350.80 ރުފިޔާގެ އަގަކަށް އަދި 660 ދުވަހުގެ މުއްދަތަކަށް ސޮއެކުރެވިފައިވާ އެއްބަސްވުމެކެވެ.
މި މަޝްރޫޢުގެ ތެރެއިން ބ. ތުޅާދޫގައި ޤާއިމުކުރެވިގެންދާނެ އެއަރޕޯޓަކީ 1800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭ އަކާއެކު ކޯޑް 3C އަށް ޤާއިމުކުރެވޭ އެއަރޕޯޓެކެވެ. އަދި މިއަދު ސޮއެކުރެވުނު އެއްބަސްވުމުގެ ދަށުން އެއަރޕޯޓު ޤާއިމުކުރުމަށްޓަކައި 55.4 ހެކްޓަރުގެ (2،231،740.00 ކޮޑި މީޓަރުގެ ވެލި) ބިން ހިއްކައި، 2804 މީޓަރުގެ ރޮކް ރިވެޓްމެންޓް އަދި 1677 މީޓަރުގެ ޖިއޯ ބޭގް ރެވެޓްމެންޓް ޖެހިގެން ދާނެއެވެ.