Ads by Stelco

ޚަބަރު

ކަމަދޫ ސްކޫލްގެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް: އައު ޢިމާރާތެއް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފި!

ކަމަދޫ ސްކޫލްގެ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް: އައު ޢިމާރާތެއް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފި!

ކަމަދޫ ސްކޫލްގައި އައު ޢިމާރާތެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާއާއި ފަހި ދިރިއުޅުން ކޯޕަރޭޝަންއާ ދެމެދު ސޮއިކުރުން ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 އޯގަސްޓު 2025، 02:45

11 އޯގަސްޓު 2025، 02:45

ބ. ކަމަދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ގެނައުމަށް، އެ ސްކޫލްގައި އައު ޢިމާރާތެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާއާއި ފަހި ދިރިއުޅުން ކޯޕަރޭޝަންއާ ދެމެދު ސޮއިކޮށްފިއެވެ. މި މަޝްރޫޢަކީ 5.4 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަޝްރޫޢެކެވެ.

ފަސްސަތޭކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ބ. ކަމަދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން ނިންމެވީ އެ ސްކޫލްގައި އައު ޢިމާރާތެއް އެޅުމަށެވެ. މިގޮތުން، ދެ ކްލާސްރޫމް ހިމެނޭ މި ޢިމާރާތް ތަރައްޤީކުރުމަށް ހަވާލުކޮށްފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނާއެވެ. މި މަސައްކަތަށް 5.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކުރެވޭނެއެވެ.

މި އެއްބަސްވުމުގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު، ޑރ. އިސްމާޢިލް ޝަފީޢުއެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޙަމްދާން ޝަކީލްއެވެ.

ކަމަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަމަދޫ ސްކޫލަކީ ޖާގަ ކުޑަ އަދި އިތުރު ވަސީލަތްތައް ބޭނުންވާ ސްކޫލެއްކަން ފާހަގަކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ، މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އަޅާ ޢިމާރާތާއެކު އެކަން ހައްލުވެގެންދާނެ ކަމަށެވެ.

ކަމަދޫގެ އައު ސްކޫލަކީ ވަސީލަތުގެ ގޮތުންނާއި ޖާގައިގެ ގޮތުން ރަށަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވާ ފެންވަރުގެ ސްކޫލު ޢިމާރާތެއްގެ ގޮތުގައި ހަދައިދޭނެކަމުގެ ޔަގީންކަން ދެން  

ރައީސް


މިހާރު 80 ވަރަކަށް ކުދިން ތަޢުލީމު ޙާސިލުކުރަމުންދާ ކަމަދޫ ސްކޫލްގެ ޖާގައިގެ މައްސަލައައް މި އައު ޢިމާރާތާއެކު ހައްލެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެއް ދަންފަޅިއަށް ކުރިއަށްގެންދާ ކަމަދޫ ސްކޫލްގައި އެލްކޭޖީ، ޔޫކޭޖީގެ އިތުރުން ގްރޭޑު 1 އިން ފެށިގެން 10 އަކަށް އަންނަނީ ތަޢުލީމު ފޯރުކޮށްދެމުންނެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން