Ads by Stelco

ޚަބަރު

ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި

ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފި

ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި ރޯވި އަލިފާން ނިއްވަން މަސައްކަތް ކުރަނީ ފޮޓޯ: އެމްއެންޑީއެފް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 އޯގަސްޓު 2025، 01:55

11 އޯގަސްޓު 2025، 01:55

އދ. ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި ރޯވި އަލިފާނުގެ ހާދިސާ ކޮންޓްރޯލްކޮށްފައިވާ ކަމަށް ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން  ވިދާޅުވެއްޖެއެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ މިއަދު ހެނދުނު 10:52 ހާއިރުއެވެ. މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ޓީމު ވަނީ އެރަށަށް ގޮސް އަލިފާން ނިއްވާލުމުގެ މަސައްކަތް ފަށާފައެވެ.



އަލިފާން ރޯވި ސަރަހައްދުގައި ވިލަމެންދޫ ރިސޯޓާއި ސެންޓާރާ ރިސޯޓުގެ ފަޔަރ ޓީމުތަކުންވެސް ވަނީ ހަރަކާތްތެރިވެފައެވެ. އަދި، އަލިފާން ނިވާލުމަށް މާމިގިލީ ފަޔަރ ސްޓޭޝަންގެ ޓީމެއްވެސް ވަނީ ކުޑަރަށް ރިސޯޓަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މިހާދިސާ ހިނގާފައިވަނީ، އދ. ކުޑަރަށް ރިސޯޓުގެ ވޯޓަރ ވިލާއެއްގައި ކަމަށް ޤައުމީ ދިފާޢީ ބާރުން ވަނީ ވިދާޅުވެފައެވެ. އަލިފާން ކޮންޓްރޯލްކުރެވުނުއިރު އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން